އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގައި ހިމެނޭ ލައިސަންސް ޓްރެކްގެ ޑިޒައިން ނިންމާލައިފި

photo_2022-01-18_18-33-01

ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގައި ހިމެނޭ ލައިސަންސް ޓްރެކް ޑިޒައިން މަސައްކަތް ނިންމާ ކައުންސިލާ ހަވާލުކޮށްފިއެވެ.

އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދެމުން ދަނީ އެރަށުގެ އޮޓޯސޭވް ޕްރޮޑަކްޝަން (އޭ.އެސް.ޕީ) ސްޓޫޑިއޯއިންނެވެ.

އިހަވަންދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތުގެ ތެރެއިން ލައިސަންސް ޓްރެކް ޑިޒައިންގެ މަސައްކަތް އެ ސްޓޫޑިއޯއިން އިއްޔެ ވަނީ ކައުންސިލާއި ހަވާލުކޮށްފައެވެ.

އެރަށު ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތުގެ ތެރެއިން ރަސްމީ ފާލަން، ލޯކަލް މާރުކޭޓް، މަސް މާރުކޭޓް، އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް، ބަނދަރުގެ މަގުތައް ޑިޒައިން ކުރާނެގޮތް އަދި ބަނދަރު ފެހިކުރުމަށް ގަސް އިންދުން ފަދަ ކަންކަންވެސް އެ ސްޓޫޑިއޯއިން ކުރާ ޑިޒައިންގެ މަސައްކަތުގެ ތެރޭގައި ފުރިހަމަކުރާނެއެވެ.

މީގެއިތުރުން ކޮމާރޝިއަލް އޭރިޔާ ( ފިހާރަތަކާއި ސައި ހޮޓާ ރެސްޓޯރެންޓް )، ވިޔަފާރި ގުދަންތައް، ތެޔޮ ވިއްކާތަންތައް ރިލޮކޭޓްކުރާނެގޮތް، ބަނދަރު އޮފީސް އަދި މީހުން އިށީނުމަށް ހަޓް / ބެންޗުތައް ހުނާނެ ގޮތް ވެސް އެ ޑިޒައިންގެ ތެރޭގައި ފުރިހަމަ ކުރާނެއެވެ.

މިމަސައްކަތާއި އޭ.އެސް.ޕީ ސުޓޫޑިޢޯއިން ހަވާލުވެފައިވަނީ ހިލޭ ސާބަހަށް 2 މަސް ދުވަސްތެރޭ މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

މިމަސައްކަތް ހިލޭ ސާބަހަށް ކުރުމަށް އެސުޓޫޑިއޯއިން ހަވާލުވެފައިވާތީ އިހަވަންދޫ ކައުންސިލުން ވަނީ އެކަން ފާހަގަ ކުރައްވާ އެސުޓޫޑިއޯގެ ވެރިޔާ ޢަލީ މާޙިރަށް ޝުކުރު ދަންނަވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި