އޯޝަންލިންކް ޕްރައިވެޓް ލިމިޓެޑް އަދި ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. އިހަވަންދޫ ކައުންސިލަށް ހައިޑްރޯލިކް ސްލިޕްވޭ ވިންޗެއް ހަދިޔާކޮށްފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ އެދެކުންފުނީގެ ފަރާތުން ކައުންސިލާއި ވިންޗް ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށެވެ. މިއީ 30 ޓަނުގެ ވިންޗެކެވެ.
ވިންޗް ހަވާލުކުރުމުގެ ބައްދަލުވުމުގައި އެދެކުންފުނީގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ. ކައުންސިލްގެ ފަރާތުން ވިންޗާއި ހަވާލުވެފައިވަނީ ކައުންސިލްގެ ރައީސް ޞަބާޙެވެ.
ޞަބާޙް ވިދާޅުވި ގޮތުގައި މިވިންޗުގެ އަގު 9 ލައްކައަށް ވުރެ ބޮޑުވާނެއެވެ. އަދި މިފަދަ އެހީތެރިކަމެއް ކައުންސިލާއި ރައްޔިތުންނަށް ވެދެއްވި ކަމަށްޓަކައި އިހަވަންދޫ ކައުންސިލްގެ ފަރާތުން އޯޝަންލިންކް އަދި ދަމާސް ގެ އިސްވެރިންނަށް ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.
އިހަވަންދޫ އަކީ މަސްވެރި ރަށަކަށްވުމާއިއެކު މިވިންޗްގެ ސަބަބުން އެރަށުގެ މަސްވެރިންނަށް އަދި އޮޑިދޯނި ފަހަރު ގެންގުޅޭ އެހެން ފަރާތްތަކަށްވެސް ވަރަށް ބޮޑު އެހީތެރިކަމަކާއި ފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި އެރަށަކީ ގިނަ އަދަދެއްގެ އޮޑިދޯނިފަހަރު ގެންގުޅޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!