މައިޒާން އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑްގެ ފާރާތުން ހއ. އިހަވަންދޫ ކައުންސިލަށް ފެން ހޫނުކޮށް ފިނިކުރުމަށް ބޭނުންކުރާ އާލާތެއް ހަދިޔާ ކޮށްފިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަބާހް "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކުންފުނީގެ ފަރާތުން ކައުންސިލަށް އެހީތެރިކަން ފޯރުކޮށްފައިވަނީ މިއަދު ކަމަށެވެ.
މި އާލާތް އިހަވަންދޫ ކައުންސިލާއި ހަވާލުކޮށްފައިވަނީ އެކޮމްޕެނީގެ ޗެއަރމަން އަހައްމާދީދީއެވެ. ކައުންސިލްގެ ފަރާތުން ޕްލާންޓާއި ހަވާލުވެފައިވަނީ ކައުންސިލްގެ ރައީސް އަޙްމަދު ސަބާހެވެ.
މި އާލާތަކީ، -/5000 (ފަސް ހާސް ރުފިޔާ) ގެ އަގުހުރި ޕްލާންޓެކެވެ. މީގެ ކުރިން އެކޮމްޕެނީގެ ފަރާތުން -/8000 (އަށް ހާސް ރުފިޔާ) ގެ އަގުހުރި އަލިފާން ނިއްވާ ޕަމްޕެއްވެސް އެކައުންސިލަށް ވަނީ ހަދިޔާ ކޮށްފައެވެ.
އިހަވަންދޫ ކައުންސިލުން ވަނީ އެކޮމްޕެނީއިން ކައުންސިލާއި ދެމެދު ބާއްވާ ގާތްކަން ފާހަގަ ކުރައްވާ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ވެދެއްވާ އެހީތެރިކަމަށް އިހަވަންދޫ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!