ހއ. އިހަވަންދޫގައި ރައްކާތެރިކަމާއެކު ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާ އެ ރަށު ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް އަހުމަދު ސަބާހުއެވެ.
ކައުންސިލާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން އިހަވަންދޫގައި ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދަން ބަޖެޓެއް ކަނޑައަޅާނެއެވެ.
މިނިސްޓަރު ޝައުނާ ވަނީ އިހަވަންދޫ ކައުންސިލާ ބައްދަލު ކުރައްވައި އެ ރަށުގެ ތިމާވެއްޓާ ގުޅުން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ވެސް ކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!