ފަލަސްތީނުގެ އެއްވެސް ބިމެއްގައި އިސްރާއީލަށް ސިޔާދަތީ ބާރު ހިންގުމުގެ ހައްގެއްނެތް: އދ.
އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާގައި ހުންނަ އދ. ގެ ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީ (އަންރުވާ) ގެ ކޮމްޕައުންޑުގައި އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނިންމި ނިންމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މި ކޮމްޕައުންޑަކީ މިއަހަރުގެ ޖެނުއަރީ މަހު އިސްރާއީލުން އަތްގަދަކޮށްފައިވާ ތަނެކެވެ. އިސްރާއީލްގެ އަމަލު ކުށްވެރިކުރަށްވައި ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ނެރުއ...