ދިވެހިރާއްޖެއިން އިންޑިއާ އާއިއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ.
މި ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.
ދެ ޤައުމުގެ ދެމެދުގައި މި އެއްބަސްވުން ބަދަލުކުރެއްވީ ރައީސް މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކު ބޭއްވި ބައްދަލުވުމަށް ފަހުގައެވެ.
މި އެއްބަސްވުމުގެ ދަށުން އެމެރިކާ ޑޮލަރު ނުވަތަ ޔޫރޯ އަދި އިންޑިއާ ރުޕީ މެދުވެރިކޮށް އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެއެވެ.
#Delhi | Prime Minister #NarendraModi and #Maldives President #MohamedMuizzu hold a meeting at Hyderabad House. pic.twitter.com/B2bgCCQXOV
— The Times Of India (@timesofindia) October 7, 2024
މިކަމަށް ގާއިމު ކުރެވުނު 'ފްރޭމްވަރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024'ގެ ދަށުން އެމްއެމްއޭއަށް 400 މިލިޔަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިޔަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެއެވެ.
ޑޮލަރު ނުވަތަ ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރު މުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!