ކޮޗިންފެރީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފަށަނީ
ކޮޗިން – ކުޅުދުއްފުށި – މާލެ ކާގޯ ފެރީގެ ޚިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ. ފޮރިން މިނިސްޓްރީއިން ބުނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައި ކޮޗިން – ކުޅުދުއްފުށި – މާލެ ކާގޯ ފެރީގެ ޚިދުމަތް ފެށުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ކާގޯ ފެރީގެ ޚިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާ އާ […]