އިންޑިއާ އިން ރާއްޖޭގައި ހިނގާ ޕްރޮޖެކްޓުތަކަކީ ދެފުށްފެންނަ ޕްރޮޖެކްޓުތަކެއް ކަމަށާއި އޭގެ ތަފްސީލުތައް ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށް އަދި އެ ޕްރޮޖެކްޓުތަކަކީ ދަރަނި ދަންތޫރައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ތައުރީފުކޮށް ގުޖުރާތުގައި އިއްޔެ ފެށި “އައިޑިއާސް ކޮންކުލޭވް” ގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތީ ޑިމޮކްރެޓިކް ސަރުކާރެއްކަމަށާއި އަދި އިންޑިއާގެ އެހީތެރިކަމާއެކު މިހާރު ވަރަށް ތަފާތު ވެއްޖެ ކަމަށެވެ.

Ad
rt

ރާއްޖޭގައި ހިންގާ އިންޑިއާގެ ޕްރޮޖެކްޓުތަކަކީ ދެފުށްފެންނަ އަދި އެންމެންނަށް ވެސް ވާނުވާ އެނގޭ. އެންމެންނަށް އެ ޕްރޮޖެކްޓުތަކުގެ އަގުތައް ވެސް އެނގޭ. އިންޑިއާގެ ސަރުކާރުން ޓެންޑާކުރާ ޕްރޮޖެކްޓުތަކަކީ ވެސް ދެފުށްފެންނަ ޕްރޮޖެކްޓުތަކެއް. މިއިން އެއްވެސް ޕްރޮޖެކްޓެއް ދަރަނި ދަންތޫރަކަށް ވުމަކީ ވަރަށް ނުވާ، އަދި އެއްވެސް ގޮތަކަށް ވެފައިވާ ކަމެއް ވެސް ނޫން،

ނަޝީދު ވިދާޅުވިއެވެ.

ޗައިނާގެ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށް ނަޝީދު އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑުގައި އިތުރު ގަދަބާރެއް އަންނަމުންދާ ކަމަށާއި އެއީ ޗައިނާ ކަމަށެވެ. އަދި ޗައިނާއިން އިންޑިއާ ކަނޑުގެ ރަށްތަކާމެދު އަމަލުކުރަމުންދަނީ ވަރަށް ތަފާތުކޮށް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާގެ އަމަލުތަކުން ރާއްޖެއަށް އަދި އަވަށްޓެރި އެއްވެސް ގައުމަކަށް ނުރައްކަލެއް ނެތްކަމަށެވެ. އަދި އިންޑިއާ އިން އަބަދުވެސް ރާއްޖޭގައި އޭރަކު އޮންނަ ވެރިކަމަކަށް އިހުތިރާމްކޮށް ހަމަހަމަކަމާއެކު ކަންތައްކުރާ ކަމަށެވެ. އަދި އިންޑިއާގެ އަމަލުތަކުން އެއްވެސް އިރެއްގައި ރާއްޖެއަކަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވިއެވެ.

“ބައިވަރުގަދަ ގަދަބާރުތަކެއް ކުރިއަރައިފި، އެމްޕަޔާސްތަކެއް ކުރިއަރައި އަދި ވެއްޓިއްޖެ. މިހާރު މިފެންނަނީ އިންޑިއާ ކުރިއަރައި ގަދަބާރަކަށްވުމަށް ކާމިޔާބު ހޯދަމުންދާތަން. އިންޑިއާގެ އަމަލުތަކުން ރާއްޖެއަށް ނުވަތަ އެހެން ވެސް އަވަށްޓެރިއަކަށް ބިރެއް ނެތް. އިންޑިއާއިން އަބަދުވެސް ރާއްޖޭގެ ވެރިކަމަށް އިހުތިރާމްކުރޭ އަދި ރާއްޖެ ކިތަންމެ ކުޑަޔަސް ކަންތައް ކުރަނީ ހަމަހަމަކަމާއެކު،”

ނަޝީދު ވިދާޅުވިއެވެ.