ދުނިޔެއަށް ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަން އަވަށްޓެރި އިންޑިއާއަށް އިންޑިއާއަށް ކުރިމަތިވެފައި ވާއިރު، އިންޑިއާއިން 1 މިލިއަން މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ޢިއުލާން ކުރިތާ 3 ހަފްތާ ނުވަނީސް އެގައުމުގައި ބައްޔަށް ޕޮޒިޓިވް ވެފައިވާމީހުންގެ އަދަދު މިވަނީ 2 މިލިއަނަށްވުރެން އިތުރުވެއްޖެ އެވެ.

އިންޑިއާގެ މިނިސްޓްރީއޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރއިން ހާމަކޮށްފައި ވާގޮތުގައި މިހާތަނަށް އެ ޤައުމުން 2،027.000 މީހުން ޕޮޒިޓިވް ވެފައިވާކަން ވަނީ ޔަގީންކުރެވިފައެވެ. އަދި 41،585 މީހުން މިބަލީގައި މަރުވެފައިވާކަން ވަނީ ހާމަކޮށްފައެވެ.

Ad
rt

އިންޑިއާގައި ބަލިފެތުރޭ ރޭޓް ދަނީ ދުވަހަކަށް ވުރެން ދުވަހެއް މަށްޗަށެވެ. 6 މަސްތެރޭގައި އެއްމިލިއަން މީހުން ޕޮޒިޓިވް ވެފައިވާއިރު، 12 ދުވަސް ތެރޭ އެއަދަދު 1.5 މިލިއަނަށް އަރައި އޭގެ 9 ދުވަސް ފަހުން ވަނީ 2 މިލިއަނަށް އަރާފައެވެ.

މިމަހުގެ ކުރީކޮޅު އިންޑިއާގެ މިނިސްޓަރެއްވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ ޤައުމަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމުކަމަށް ވުމާއިއެކު، މިބަލި ޖެހޭމީހުންގެ އަދަދު އިތުރު ވުމުން ހޮސްޕިޓަލްތަކުގެ އެނދާ، ސިއްހީ ހިދުމަތްތެރިންނާއި، ފަރުވާދޭން ބޭނުންކުރާ ތަކެތި ލިބުން ވަނީ ދަތިވެފައެވެ.