އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. ކަސްޓަމްސްއިން ވިދާޅުވީ މިތަކެތި އަތުލައިގަތުމަށްފަހު، މި ތަކެއްޗާއި މި މައްސަލާގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ކަސްޓަމްސްއަށް މަސްތުވާތަކެތި އަތުލައިގަނެވުނީ މިދިޔަ ޖޫން 29 ވަަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލަމުން ދަނިކޮށެވެ. އެއީ މެފެޑްރޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. އަތުލައިގަނެވުނު މަސްތުވާ...