އިތިއޯޕިއާއިން ރާއްޖެ އައި ދެ މީހެއްގެ އަތުން އަތުން 8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ވިދާޅުވީ، އިތިއޯޕިއާއިން ވައިގެމަގުން ރާއްޖެއައި އިނގިރޭސި ދެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަންފައިވާ ކަމަށެވެ.
މި ދެ މީހުން ރާއްޖެއަށް މިތަކެތި އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ ދިރުވާލައިގެންނެވެ. އުމުރުން 41 އަހަރުގެ މި ދެ މީހުންގެ ހަށިގަނޑުން 2.328 ކިލޯގެ މަސްތުވާތަކެތި އަތިލައިގެންފައިވެއެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މިދިޔަ ޖޫން 28 ވަނަ ދުވަހު ރާއްޖެ އައި މި ދެ މީހުންގެ ހަށިގަނޑު ސްކޭންކޮށް ބެލިއިރު މި މީހުންގެ އެތެރެހަށިން "ފޮރިން ބޮޑީސް" ގެ ގޮތުގައި 220 ބުލެޓު ނަގާފައިވާ ކަމަށެވެ.
މިތަކެތީގެ މަގުމަތީ އަގު 8.1 މިލިއަން ރުފިޔާ އަށް އަރާކަމަށް ވެސް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ހިމެނޭ ދެ މީނުންނާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަަމަށްވެސް ކަސްޓަމްސްއިން ހާމަކުރަށްވަ އެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!