އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އިތުރުވެއްޖެއެވެ.
ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 119 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ މަހު ލިބުނީ 281 މިލިއަން ރުފިޔާއެވެ. މިއީ 137 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ މަހު ރާއްޖެއިން ބޭރު ކުރީ 328 ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 13 އިންސައްތައިގެ ދަށްވުމެކެވެ.
އިމްޕޯޓަށް ބަލާއިރު، މިދިޔަ މަހު ރާއްޖެއަށް އެތެރެ ކުރީ 3.6 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެތެރެ ކުރީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެެތެރެ ކުރީ އޮމާން އާއި ޗައިނާ އާއި އިންޑިއާއިންނެވެ. އަދި އެންމެ ގިނައިން އެކްސްޕޯޓު ކުރީ ތައިލެންޑާއި ޖަރުމަނާއި ޔޫކޭއަށެވެ.
ދައުލަތަށް މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި ލިބުނީ 960،367.65 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!