މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، ފުލުހުންގެ ޚިދުމަތުން ގުޅިގެން ބަލައި ފާސްކުރި ކޮންޓެއިނަރުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15 ކިލޯ ފެނުނު ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ކަސްޓަމްސް އިން މިރޭ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރި ކޮންޓެއިނާ އަކީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ކޮންޓެއިނަރެއް ކަމަށެވެ.

Ad
rt

އެ ކޮންޓެއިނަރު ބަލާފާސްކުރުމަށް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ވަނީ މި މަހުގެ 9 އިން 11 ވަނަ ދުވަހުގެ ނިޔަލަށް ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްގެ 5.5 ކިލޯ އަތުގެންފައިވާ ކަމަށެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ.

މި މައްސަލާގައި ހިމެނޭ މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަަމަށްވެސް ކަސްޓަމްސްއިން ހާމަކުރަށްވަ އެެވެ.