ކުޅުދުއްފުށީ ސިޓީ ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ނިންމާލައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ހޮނިހިރު ބާޒާރު ސަރަހައްދުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިމި ބޭނުންކުރުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ.
ސިޓީ ކައުންސިލުން މި މަސައްކަތްކޮށްފައި ވަނީ ބާޒާރުގެ އަސްލު ނުގެއްލޭގޮތައް އެތަނުން ޚިދުމަތް ފޯރުކޮށްދޭ މީހުންނަށާއި، ޚިދުމަތް ހޯދާ މީހުންނަށް ވަރަށްބޮޑު ލުއިކަން ލިބޭނެގޮތަށެވެ.
މި ސަރަހައްދު ތަރައްގީ ކުރުމުގެ ދެވަނަ މަރުހަލާގެ ތެރޭގައި، ސަރަހައްދުގެ ބާކީ އޮތް ތަނުގައި ތަޅުންއެޅުން އެޅުމާއި، ބެންޗް ބެހެއްޓުމާއި، ފާހާނަ ބަރި ގާއިމްކުރުން އަދި ދަތުރުވެރިންނަށް ޚާއްޞަ ލޮބީ އޭރިއާ ތަރައްގީ ކުރާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކުޅުދުއްފުށީ ސިޓީގެ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާ ނިމިފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައި، ފޮޓޯ:ކ.ސިޓީ ކައުންސިލް
ކުޅުދުއްފުށީ ސިޓީ ހޮނިހިރު ބާޒާރަކީ ވަރަށް ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކުރާ ބާޒާރެކެވެ. ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހަކީ އެންމެ އުތުރު 3 އަތޮޅުގެ ރައްޔިތުން ސިއްޚީ ހިދުމަތް ހޯދުމަށާއި، ވިޔަފާރި ކުރުމާއި އެނޫންވެސް ގިނަ ބޭނުންތަކެއްގައި ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރާ ދުވަހެކެވެ.
ކުޅުދުއްފުށީ ސިޓީ ހޮނިހިރު ބާޒާރުން އުތުރުގެ ގިނަ ރަށްތަކެއްގައި އުފައްދާ ކާބޯތަކެއްޗާއި، ދަނޑުވެރިކަމުގެ ގިނަ އަދަދެއްްގެ ބާވަތްތައް ލިބެން ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!