ހދ. ކުޅުދުއްފުށީ ސިޓީ އާއި އެ އަތޮޅު ނޮޅިވަރަމު އިޤްތިސާދީގޮތުންނާއި އިޖްތިމާއީގޮތުން އިތުރަށް ގުޅުވުމަށް ކުރެވިދާނެ ކަންކަމާ މެދު މިއަދު މަޝްވަރާކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ނޮޅިވަރަމު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ އާއި، ނައިބު ރައީސް މުޙައްމަދު ހުސައިން، ކައުންސިލަރުން އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ކުޅުދުއްފުއްޓަށް ކުރެއްވި ރަސްމީ ދަތުރުގައި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ އިދާރާއިން ކުރާ މަސައްކަތްތައް ހިއްސާކޮށް، ދެ އިދާރާގެ މަސައްކަތްތަކަށް ދެފަރާތުންވެސް އެހީތެރިވެވިދާނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާއިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފަވެއެވެ.
''މީގެ އިތުރުން ކުޅުދުއްފުއްޓާއި ނޮޅިވަރަމު، އިޤްތިސާދީގޮތުންނާއި އިޖްތިމާއީގޮތުން އިތުރަށް ގުޅުވުމަށް ކުރެވިދާނެ ބައެއް ކަންކަމާއިމެދު ފުޅާދާއިރާއެއްގައި ހިޔާލުބަދަލުކޮށް މަޝްވަރާކޮށްފައިވޭ.'' ސިޓީ ކައުންސިލުން އިތުރަށް ބުނެފަވެއެވެ.
ނޮޅިވަރަމަކީ ކުޅުދުއްފުށީ ސިޓީ ފިޔަވައި، އެންމެ އާބާދީ ބޮޑު އަދި ކުޅުދުއްފުށީ ސިޓީ އާއި އެންމެ ކައިރީގައި އޮންނަ ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!