ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާބ ކޮމެޓީ (ޑަބްލިޔުޑީސީ) އިން ބާއްވާ ''ޑަބްލިޔުޑީސީ އެކްސްޕޯ 2025''ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކަން ހާމަކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައި ބުނެފައިވާގޮތުން މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރު 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 22:00 އަށެވެ. ނަމަވެސް ތާރީޚަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއްކަމުގައި ސިޓީ ކައުންސިލުން ބުންޏެވެ.

Ad
rt

ކުޅުދުއްފުށީގެ ބީޗު ހޭންޑް ބޯލް އެރީނާގައި ބާއްވަން ނިންމާފައިވާ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގެ މަސައްކަތްތެރިންނަށާއި އަމިއްލަ އުފެއްދުންތައް ތައްޔާރުކޮށް ވިޔަފާރިކުރައްވަމުން އަންނަ އަންހެން އަދި ފިރިހެން ބޭފުޅުންނަށް، އެފަދަ މަސައްކަތްތަކާއި ވިޔަފާރިތައް މާކެޓްކުރުމުގެ މަގު ފަހިކޮށްދިނުމެވެ. އަދި މިފަދަ އުފެއްދުންތައް އެއްތަނަކުން ދައްކާލެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަކީ ވެސް މި މަޢުރަޒުގެ އެއް ބޭނުއްކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

''ޑަބްލިޔުޑީސީ އެކްސްޕޯ 2025'' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އަދި ކުޅުދުއްފުށީގައި ދިރިއުޅުއްވާ ބޭފުޅުންގެ ތެރެއިން ޖުމްލަ 40 ބައިވެރިންނަށެވެ. އޭގެ ތެރޭގައި 30 އަންހެން ބޭފުޅުންނާއި 10 ފިރިހެން ބޭފުޅުން ހިމެނެއެވެ. ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވާ ތަރުތީބުން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ރެޖިސްޓްރޭޝަން ލިންކް: ރެޖިސްޓްރޭޝަން ފޯމު

އުސޫލު ބެއްލެވުމަށް: ޑަބްލިޔުޑީސީ އެކްސްޕޯ ރާވާ ހިންގާ ގޮތުގެ އުސޫލު

ސިޓީ ކައުންސިލްގެ ޢިއުލާން ބެއްލެވުމަށް: ޢިއުލާން

މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ކުޅުދުއްފުއްޓަށް ނިސްބަތްވާ އަދި ކުޅުދުއްފުށީގައި ދިރިއުޅުއްވާ ބޭފުޅުން 23 ނޮވެމްބަރު 2025 ވާ ދުވަހުގެ 14:00 ގެ ކުރިން ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައިވެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ޑަބްލިޔުޑީސީގެ އިދާރާގެ ނަންބަރު 6527202 ނުވަތަ 6527201 އަށް ގުޅުއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.