ހދ. ކުޅުދުއްފުށި ސިޓީގެ މަށިކުޅީގެ ދެކުނު މަގު، ހިތްފަސޭހަ ހިނގާމަގެއްގެ ގޮތުގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިޢުލާނުކޮށްފިއެވެ.

މި ފުރުސަތު ހުޅުވާލައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގ (މަޢުލޫމާތު ސެޝަން) އޮންނާނީ 10 ޑިސެމްބަރު 2025 ވަނަ ދުވަހު (ބުދަ) 11:00 ގައެވެ.

Ad
rt

މި މަޢުލޫމާތު ސެޝަންގައި މި މަސައްކަތުގެ ތަފްޞީލް ހާމަކުރާގޮތަށް ހަމަޖެހިފައިވާއިރު، އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓަރ ވުމުގެ ސުންގަޑިއަކީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ (ބުދަ) ނިޔަލަށެވެ. އަދި، އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚަކީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަސް (ބުރާސްފަތި) ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލްގެ ޢިއުލާން: ޢިއުލާން

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/procurement/395

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ކުޅުދުއްފުށީގެ ބައެއް މަގުތަކަކީ ހަމައެކަނި ހިނގާފައިއުޅޭ މަގުތަކަކަށް ހެދުމުގެ ވިސްނުން އެބަހުރި: މޭޔަރު

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ރަސްމީ ގަޑީގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ 6527177، 6527192 ނުވަތަ 6527113 މި ނަންބަރުތަކަށް ގުޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މި މަޝްރޫޢުގެ ސަބަބުން ކުޅުދުއްފުށީގެ މަށިކުޅި ސަރަޙައްދުގެ ރީތިކަން އިތުރުވެ، ރައްޔިތުންނަށް ހިނގާލައި ހަދަން ފަސޭހަ ވެއްޓެއް ޤާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި މަޝްރޫޢަކީ ސިޓީގެ ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުމާއި، ތިމާވެށީގެ ރީތިކަން އިތުރުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.