ހދ.ކުޅުދުއްފުށީ މަސްމާރުކޭޓުގައި ހުސްވެފައިވާ މަސްކެނޑުމުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސްމާރުކޭޓުގައި މަސްކެނޑުމަށް ހާއްސަ ކޮށްފައިވާ 8 ޖާގާގައި ރަޖިސްޓަރީވެގެން މަސްކެނޑުމުގެ ހިދުމަތް ދެ އަހަރުގެ މުއްދަތަށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު 08 (އަށެއް) ވުރެން އިތުރުވެއްޖެނަމަ ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މަހު 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ ފޯމް " ކުޅުދުއްފުށީ މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.
އެ ކައުންސިލުން ބުނީ ފޯމު ދޫކުރުމާއި ބަލައިގަތުން ރަސްމީ ގަޑިތަކުގައި އެ ކައުންސިލްގެ ކައުންޓަރުން ކުރިއަށްދާނެ ކަމަށާއި ފޯމާއި އުސޫލު އެ ކައުންސިލްގެ ވެބްސައިޓުން ވެސް ލިބިލައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!