ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، އެކަމުގެ ނިންމުން ފާހަގަކޮށްފިއެވެ.

މި ޕްރޮޖެކްޓް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފައި ވަނީ ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ދިވެހި ފުލުހުން އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެންނެވެ.

Ad
d

މި ޕްރޮޖެކްޓްގެ ނިމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

ކުޅުދުއްފުށި ސިޓީގެ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، އެކަމުގެ ނިންމުން ފާހަގަކުރުން، ފޮޓޯ: ސިޓީ ކައުންސިލް

މި ޕްރިޖެކްޓަށް ސިޓީ ކައުންސިލްގެ ބަޖެޓުން ވަނީ 77550 ރުފިޔާ ހަރަދު ކޮށްފައެވެ. މީގެއިތުރުން ކޭބަލް އެޅުމަށް ކޯރު ކޮނުމާއި ކޭބަލް އެޅުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ސިޓީ ކައުންސިލުންނެވެ.

Ad
df

ސިޓީ ކައުންސިލުން ބުނީ މި ޕްރޮޖެކްޓްގެ ސަބަބުން އާންމު ރައްކާތެރިކަން އިތުރުވެ ކުށްކުރުން މަދުވެގެންދާނެ ކަމަށެވެ. އެ ކައުންސިލުން ބުނީ މި ޕްރޮޖެކްޓްގެ އެންމެ ބޮޑު އެއް މަގުސަދަކީ މަސްތުވާ ތަކެއްޗާއި ގުޅުންހުރި ކުށްތައް ހުއްޓުވުން ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލައަކީ މިހާރު މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ގޮތުގައި އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.