މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ކުޅުދުއްފުށި ސިޓީ ކައުންސިލް

372 Stories filed
ކުޅުދުއްފުށީގައި "ބަށިބޯޅަ" އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީގައި "ބަށިބޯޅަ" އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގައި “ބަށި ބޯޅަ” އޮފިޝަލުންގެ ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި ފުރުސަތު ހުޅުވާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބަށިބޯލް ފައުންޑޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން މި ކުޅިވަރަށް އޮފިޝަލުން ތަމްރީނު ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. މިއަންނަ އޮގަސްޓް މަހު 1 އިން 2 އަކަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 […]

ދައުލަތުގެ ބަޖެޓުގެ މަންފާ އިންސާފުވެރިކަމާއެކު ލިބުން މުހިންމު: އާޠިފް
Raajje

ދައުލަތުގެ ބަޖެޓުގެ މަންފާ އިންސާފުވެރިކަމާއެކު ލިބުން މުހިންމު: އާޠިފް

ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓަކީ، ހުރިހާ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހިންގާ ބަޖެޓެއް ކަމަށްވާއިރު، އެ ބަޖެޓުން ކުރާ ހަރަދުތަކާއި ހިންގާ މަޝްރޫއުތައް މުޅި އާބާދީއަށް އިންސާފުވެރިކޮށް ބަހަންޖެހޭ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ އާޠިފް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބޮޑު ބަޖެޓެއް ފާސްކުރަމުންދާ ކަމަށާއި، މި އަހަރުވެސް ގާތްގަނޑަކަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ބަޖެޓް ބެހިގެންދާ ގޮތް އ...

ކުޅުދުއްފުށީ ބަށި މުބާރާތް މިއަހަރު ސެޕްޓެމްބަރުގައި
Thiladhunmathi News

ކުޅުދުއްފުށީ ބަށި މުބާރާތް މިއަހަރު ސެޕްޓެމްބަރުގައި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ “ކުޅުދުއްފުށި ބަށި މުބާރާތް – ހދ އަތޮޅު ލީގް 2025” ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިއަހަރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅަށް ހުޅުވާލައިގެން ސެޕްޓެމްބަރ 4 އިން 6 އަށް ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 […]

ކުޅުދުއްފުށީގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫޢުގެ ސާވޭ ފަށައިފި
Thiladhunmathi News

ކުޅުދުއްފުށީގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫޢުގެ ސާވޭ ފަށައިފި

ކުޅުދުއްފުށި ސިޓީގައި “އެންހޭސިން ކްލައިމެޓް ރެސިލިއަންސސް އެންޑް ފުޑް ސެކުރިޓީ ޕްރޮޖެކްޓް” (ކުޅުދުއްފުށީގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫ)ގެ ސާވޭގެ ފަށައިފިއެވެ. މި މަޝްރޫޢުއަކީ އޭސިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ފަތުުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވަނީ މި މަޝްރޫޢުގެ މަޤުސަދަކީ ރަށްގިރުމާއި، ފެންބޮޑުވުމަށް ހައްލެއް ހޯދައިދިނުމަށާއި، ސިޓީގެ...

ކުޅުދުއްފުށީ ސިޓީކައުންސިލުން 17 ބެޑްމިންޓަން އަމްޕަޔަރުން ތަމްރީނުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީކައުންސިލުން 17 ބެޑްމިންޓަން އަމްޕަޔަރުން ތަމްރީނުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ކޯސް ނިންމައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު އަޙުމަދު އަބްދުالله (ރޯޒޭ) “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި ކޯހަކީ ސިޓީ ކައުންސިލުގެ އެދިލެއްވުމަކަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޖުލައި 3 އަކުން 10 ގެ ނިޔަލަށް ކުޅުދުއްފުށީ އެންއޯސީ ފުނަވަލު މާލ...

ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ފަށައިފި
Raajje

ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ފަށައިފި

ކުޅުދުއްފުށީ ސިޓީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ހޮނިހިރު ދުވަހު ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ކޯހަކީ އެ ކައުންސިލާއި، އަބުޑީ މޯލްޑިވްސް ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ ކޯހެކެވެ. މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެމްބަރު އާމިނަތު މަޖީދާއެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ޕަންޗް ނީޑްލިން ކިޓްތައް ހަވާލުކޮށްފައިވެއެވެ. އަންހެން ބޭފުޅުންނަށް ޚާ...

ކުޅުދުއްފުށީގައި ދަމަނަވެށި އެޅުމަށް ބިން ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި ދަމަނަވެށި އެޅުމަށް ބިން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރާ ދަމަނަވެށީގެ މަސައްކަތް ފެށުމަށްޓަކައި ބިން، އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެ ބިން އާރުޑީސީއާއި ހަވާލުކުރުމަށްޓަކައި ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފް އެވެ. އަދި އާރުޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރ އަޙުމަދު ހަސަން ސޮއިކުރައްވާފައިވާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ސޮ...

ކުނި ވަކިކޮށްގެން މެނޭޖްކުރުމަށް ހޭލުންތެރިކުރުމަށް ކުޅުދުއްފުށީގައި ޕޯސްޓަރ ތައާރަފްކޮށްފި
Thiladhunmathi News

ކުނި ވަކިކޮށްގެން މެނޭޖްކުރުމަށް ހޭލުންތެރިކުރުމަށް ކުޅުދުއްފުށީގައި ޕޯސްޓަރ ތައާރަފްކޮށްފި

ކުނި ވަކިކޮށްގެން މެނޭޖްކުރުމާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ތަޢާރަފް ކޮށްފިއެވެ.  މި ޕޯސްޓަރ ތައާރަފްކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަދި ކައުންސިލް މެންބަރުންނާއި މުވައްޒަފުން ވަނީ ކުޅުދުއްފުށީ ކުނިކޮށި ސަރަހައްދައް އިއްޔެ ޒިޔާރާތްކޮށް ވެމްކޯގެ އިސްވެރިންނާއި މުވައްޒަފުންނާއި މެކްސް އާއި ގުޅިގެން މަސައްކަތްކޮށްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި މަޝްރޫޢު އަކީ ސައުތް އޭޝިއާ ކ...

އިމާރާތް ކުރުމުގެ ދާއިރާއިން މައުލޫމާތުދިނުމުގެ ވޯކްޝޮޕެއް ހދ.އަތޮޅުގައި
Thiladhunmathi News

އިމާރާތް ކުރުމުގެ ދާއިރާއިން މައުލޫމާތުދިނުމުގެ ވޯކްޝޮޕެއް ހދ.އަތޮޅުގައި

އިމާރާތް ކުރުމުގެ ދާއިރާއިން މައުލޫމާތުދިނުމުގެ ތިން ދުވަހުގެ ވޯކްޝޮޕެއް ހދ.އަތޮޅުގައި އިއްޔެ ފަށައިފިއެވެ. މި ކޯވްޝޮޕަކީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށް ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ވޯކްޝޮޕް އަމާޒުކޮށްފައި ވަނީ ހދ. އަތޮޅުގެ ރަށު ކައުންސިލްތަކާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށެވެ. މި ވޯކްޝޮޕް ތެރެއިން، އިމާރާތް ކުރުމުގެ ޤާނޫނާއި އިމާރާތްކުރުމުގެ ޤަވާއިދުތ...

ކުޅުދުއްފުށީ މަދަނީ ޖަމިއްޔާތަކަށް ރިޑިފައިން ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު
Thiladhunmathi News

ކުޅުދުއްފުށީ މަދަނީ ޖަމިއްޔާތަކަށް ރިޑިފައިން ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު

ކުޅުދުއްފުށީ ސިޓީގެ މަދަނީ ޖަމިއްޔާތަކަށް ރިޑިފައިން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނިގޮތުގައި މިއީ ކްރިސަލިސް އެން.ޖީ.އޯ އަދި ސިގްސް އެން.ޖީ.އޯ އާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން އިން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން ސްރީލަންކާ އަދި ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގައި ހަމަނުޖެހުން ހުއްޓުވަމަށާއި، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ކާރިސާތަކަށް މުޖުުތަމައު ތައްޔާރުކުރުމުގެ މަގުސަދުގައި މަ...

ހޮނިހިރު ބާޒާރު ތަރައްޤީކުރާނީ އަސްލު ނުގެއްލޭ ގޮތަށް: ރިލޭ
Thiladhunmathi News

ހޮނިހިރު ބާޒާރު ތަރައްޤީކުރާނީ އަސްލު ނުގެއްލޭ ގޮތަށް: ރިލޭ

ކުޅުދުއްފުށި ސިޓީ ހޮނިހިރު ބާޒާރު ތަރައްޤީ ކުރަން ނިންމާފައިވަނީ ބާޒާރުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށް ސިޓީ ކައުންސިލް މެންބަރ ރިޟްވާން މުޙައްމަދު (ރިލޭ) ވިދާޅުވެއްޖެއެވެ. ރިލޭ މިހެން ވިދާޅުވީ ސިޓީ ކައުންސިލުން ހޮނިހިރު ބާޒާރު ތަރައްޤީކުރުމަށް ފަރާތެއް ހޯދުމަށްޓަކައި އާންމު ކޮށްފައިވާ އިއުލާނަކާއި ގުޅިގެންނެވެ. އެގޮތުން ކުޅުދުއްފުށީ ހޮނިހިރު ބާޒާރަކީ އެތައް ބަޔަކަށް ފަސޭހަތަކެއް ގެނެސްދޭ މުހިންމު ތަނެއްކަމަށާއި މި ބާޒާރު ތަރައްޤީކުރުމަށް އެކި ދައުރުތަކުގައި ތަފާތު ގިނަ މަސައްކަތްތައް ކުރެވިފައި...

ކުޅުދުއްފުށީ މަށި ކުޅީގައި ތަރައްޤީކުރާ ވިއުވިންގ ޕްލެޓްފޯމްގެ ބޮޑުބައި ނިމިއްޖެ
Thiladhunmathi News

ކުޅުދުއްފުށީ މަށި ކުޅީގައި ތަރައްޤީކުރާ ވިއުވިންގ ޕްލެޓްފޯމްގެ ބޮޑުބައި ނިމިއްޖެ

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި ގުޅިގެން ސިޓީގެ މަށި ކުޅީގައި ތަރައްޤީކުރާ ވިއުވިންގ ޕްލެޓްފޯމުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ސިޓީ ކައުންސިލުގެ މެންބަރު އަޙުމަދު އަބްދުالله (ރޯޒޭ) ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ތަރައްޤީއާއި ބެހޭގޮތުން ‘ތިލަދުން’ އަށް މައުލޫމާތުދީ ރޯޒޭ ވިދާޅުވެފައިވަނީ، މިވަގުތު އެ ސައިޓުގައި ކުރިއަސް ދަނީ ޕްލެޓްފޯމް ހިޔާކުރުމާއި ރެއިލިންގ ޖެހުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން ޔޫ.އެން.ޑީ.ޕީގެ...

ކުޅުދުއްފުށީ ޓޫރިޒަމް އެޑްވައިޒަރީ ބޯޑު އިފްތިތާޙުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ޓޫރިޒަމް އެޑްވައިޒަރީ ބޯޑު އިފްތިތާޙުކޮށްފި

ކުޅުދުއްފުށި ސިޓީގައި ޓޫރިޒަމް އެޑުވައިޒަރީ ބޯޑެއް އެކުލަވާލައި، އެޑުވައިޒަރީ ބޯޑު އިފްތިތާޙް ކުރުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވައިފިއެވެ. އެގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ބޯޑުގެ މެންބަރުން ވަނީ ކުޅުދުއްފުށި ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށާއި ބެލެހެއްޓުމާއި މާކެޓްކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެކުލަވާލި މި އެޑުވައިޒަރީ ބޯޑުގެ މެންބަރުންގެ އިޤުރާރުގައި ސޮއިކޮށްފައެވެ. އަދި މި އެޑުވައިޒަރީ ބޯޑުގެ މެންބަރުންގެ ތެރެއިން އާންމު ރައްޔިތުނ...

ކުޅުދުއްފުށި އާންމު ކުތުބްޚާނާގެ ފޮތްފާހަގަ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު
Thiladhunmathi News

ކުޅުދުއްފުށި އާންމު ކުތުބްޚާނާގެ ފޮތްފާހަގަ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު

ކުޅުދުއްފުށި ސިޓީގައި ބާއްވާ އާންމު ކުތުބްޚާނާގެ ފޮތްފާހަގަ ކުރެހުމުގެ މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެގޮތުން މި މުބާރާތަކީ ކުޅުދުއްފުށި އާންމު ކުތުބްޚާނާއިން އިންތިޒާމްކޮށްގެން 6 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން 5 ޖުލައި 2025 ވާ ހޮނިހިރު ދުވަހު ބާއްވާ މުބާރާތެކެވެ. މި މުބާރާތާއި ގުޅިގެން ކުޅުދުއްފުށި އާންމު ކުތުބްޚާނާއިން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފޮތްފާހަގަ ހަދަންޖެހޭނީ ކަނޑައަޅާފައިވ...

ޤައުމީ ފެންވަރުގައި ބާއްވާ ސްކޫލްތަކުގެ އެތުލެޓިކްސް މީޓް މާދަމާ ކުޅުދުއްފުށީގައި ފަށަނީ
Thiladhunmathi News

ޤައުމީ ފެންވަރުގައި ބާއްވާ ސްކޫލްތަކުގެ އެތުލެޓިކްސް މީޓް މާދަމާ ކުޅުދުއްފުށީގައި ފަށަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ޤައުމީ ފެންވަރުގައި ބާއްވާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 މާދަމާ ކުޅުދުއްފުށި ސިޓީގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މި ޖޫން މަހު 21 އިން 26 އަށް ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ބާއްވާ މި 6 ދުވަހުގެ މުބާރާތުގައި އުތުރުގެ ސަރަހައްދުގެ 19 ސްކޫލަކުން 18 އުމުރުފުރާއެއް 108 އިވެންޓުގައި ވާދަކުރާ ގޮތަށް 725 އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި އެންމެ ގިނައިން […]