އިމާރާތް ކުރުމުގެ ދާއިރާއިން މައުލޫމާތުދިނުމުގެ ތިން ދުވަހުގެ ވޯކްޝޮޕެއް ހދ.އަތޮޅުގައި އިއްޔެ ފަށައިފިއެވެ.
މި ކޯވްޝޮޕަކީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށް ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ވޯކްޝޮޕް އަމާޒުކޮށްފައި ވަނީ ހދ. އަތޮޅުގެ ރަށު ކައުންސިލްތަކާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށެވެ.
މި ވޯކްޝޮޕް ތެރެއިން، އިމާރާތް ކުރުމުގެ ޤާނޫނާއި އިމާރާތްކުރުމުގެ ޤަވާއިދުތައް، ދޫކުރެވޭ ހުއްދަތައް، ކުރެހުން ފާސްކުރުމުގެ އުސޫލުތަކާއި، ސިއްހަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު މައުލޫމާތު ދޭނެއެވެ.
މީގެ އިތުރުން މި ދާއިރާ އާއި ގުޅޭ އިދާރީ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ހަލުވިކުރުމަށް ގެންގުޅެވިދާނެ އުކުޅުތަކާއި އިޖުރާތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ.
މި ވޯކްޝޮޕް ކުރިއަށް ދަނީ ކުޅުދުއްފުށީ ސިޓީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!