ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނ. މަނަދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދޭން އިއްޔެ ފަށައިފި އެވެ.

މަނަދޫގައި ހުންނަ ބީއެމްއެލްގެ ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް ވަނީ އަޕްގްރޭޑްކޮށް، ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދެވޭ ފަދަ އޭޓީއެމް އަކަށް ބަދަލުކޮށްފަ އެވެ.

Ad
rt

ބީއެމްއެލް އިން ބުނީ، މި ހިދުމަތް މެދުވެރިކޮށް، މަނަދޫގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.