އޮކްޓޯބަރު މަހު ބެންކް އޮފް މޮލްޑިވްސް ކުޅުދުއްފުށި ބުރާޗް ގެ ޓީމް ހދ.އަތޮޅުގެ ރަށް ތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލް އާންމުކޮށްފިއެވެ.

އެގޮތުން އޮކްޓޯބަރ 13 ވާ އާދިއްތަ ދުވަހު މަކުނުދޫ އަދި ވައިކަރަދޫ އަށް ދަތުރު ކުރަން ހަމަޖެހިފައިވާއިރު ހޯމަ ދުވަހު ދަތުރުކުރަން ހަމަޖެހިފައިވަނީ ނޮޅިވަރަމް،ނޮޅިވަރަމްފަރު އަދި ނެއްލައިދޫއަށެވެ.

Ad
rt

އަންގާރަ ދުވަހު ކުމުންދޫ އަދި ނޭކުރެންދޫ އަށް ދަތުރު ހަމަޖެހިފައި ވާއިރު ފިނޭ، ހިރިމަރަދޫ،ނައިވާދޫ، އަދި ކުރިނބީއަށް ބުދަ ދުވަހު ދަތުރުކުރުމަށް ތާވަލްކޮށްފައިވެއެވެ.

ަ17 އޮކްޓޯބްރ ވާ ބުރާސްފަތި ދުވަހު ހަނިމާދޫއަށް ދަތުރު ތާވަލް ކުރެވިފައި ވާއިރު ތާވަލް އަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެކަން އެފަރާތުން ރަށްރަށަށް އަންގައިދޭނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

މީގެ އިތުރުން ލޯނަށް ފައިސާ ދައްކާ ފަރާތްތަކުން، އެންމެ ފަހުން ފައިސާދެއްކި ސްލިޕްކޮޅު ގެންދިޔުމަށް އެފަރާތުން އިލްތިމާސް ކުރެއެވެ.އަދި ރަށްރަށުގެ ކައުންސިލް އިދަރާތަކުން ދަތުރުގެ ޝެޑިއުލް އެރަށެއްގައި ހިމެނޭ ސަރުކަރު މުއައްސަސާތަކާއި،ކުންފުނިތައް އަދި ޢަންމު ފަރުދުންނަށް އަންގައި ދިނުމަށް ވެސް އެފަރަތުން ވަނީ އެދިފައެވެ.