ރާއްޖެއާއި ރާއްޖޭން ބޭރުގެ މާސްޓަރކާޑްގެ ނެޓްވޯކް މެދުވެރިކޮށް މުޢާމަލާތްތައް ހިންގޭނެ ގޮތަށް ފަރުމާކޮށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހެނދުނު ކްރޮސް ރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި ބިޒްނަސް ޑެބިޓް ކާޑު ތައާރަފްކޮށްފިއެވެ.
މީގެ އިތުރުން ފަސޭހަ ކަމާއި، ރައްކާތެރި ކަމާއެކު ޕޭމަންޓް ހެދުމަށް ފަރުމާކޮށްފައިވާ މާސްޓާރ ކާޑުވެސް މިއަދު ވަނީ އިފްތިތާހް ކޮށްފައެވެ.
ބީއެމްއެލްއިން މިއަދު ތައާރަފު ކުރި ބިޒްނަސް ކާޑަކީ ކުދި ވިޔަފާރިތަކަށް ފަސޭހަ ކަމާއެކު އެކައުންޓް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ތައާރަފު ކުރި ކާޑެއް ކަމަށް އެފަރާތުން ބުނެ އެވެ.
މިކާޑާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވީދާޅުވެފައިވަނީ މިކާޑު ލިންކް ކުރެވޭނީ ވިޔަފާރި އެކައުންޓަށްވުމުން ފަސޭހަކަމާއެކު ކޮންމެ ތަނަކުން ވެސް ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތްތައް ކޮށްލެވޭނެކަމަށާއި މީގެ ސަބަބުން ވިޔަފާރީގެ ކޭޝްފްލޯ ވަކިން ބެލެހެއްޓުމާއި ރެކޯޑް ބެލެހެއްޓުން ފަސޭހަ ވާނެއެވެ. މީގެއިތުރުން މި ކާޑަކީވެސް އެންމެ ޒަމާނީ ސެކިއުރިޓީ ފީޗާސް އެކުލެވޭ ކާޑެއްކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް އެފަރާތުން މިހާރުވެސް ދެމުން އަންނައިރު މިއަދު ތަޢާރަޕް ކުރެވިގެންދިޔަ މާސްޓާކާޑާއި ބިސްނަސް ޑެބިޓް ކާޑާއިއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
Today we are excited to announce the launching of Mastercard in the Maldives! The new cards and all existing Mastercard products are contactless enabled to support a faster, more seamless payment experience for our customers. https://t.co/N12wuOp5U6 pic.twitter.com/eAarfi9QTs
— Bank of Maldives (@bankofmaldives) October 17, 2019
މީގެ އިތުރުން މިއަދު ތަޢާރަފް ކުރި ދެ ކާޑާ ބެހޭ މައުލޫމާތު ވެސް ބެންކުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!