ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގެ ގުރުއަތުލައިފި
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމަށްޓަކައި ނަސީބުވެރިންގެ ދެމެދު މިއަދު ގުރުއަތު ލައިފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސުކޫލުގެ ހޯލުގައެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ގުރުއަތުން ޕްލޮޓް ނަންބަރު އިއުލާނުކުރެވެމުންދާ ވަރަކަށް، އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް ވަގުތުން ބައްލަވައިލެއްވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މި އިންތިޒާމުގެ ސަބަބުން ގޯތި ލިބުނު ފަރާތްތަކަށް އެމީހުން...