ކޮރަޕްޝަނަށް ޖާގައެއް ނެތް، އެއްވެސް ކަމެއް ނުފޮރުވާނަން: މުއިއްޒު
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވަވާނެ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ ސާފު ސަރުކާރެއް ގާއިމުކުރަން ކަމަށް އިިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ލ. އަތޮޅަށް ފެއްޓެވި ކެމްޕެއިން ދަތުރުގައި ލ. ގަމަށް ވަޑައިގެން ބޭއްވެވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން އެކުލަވާލާ ޓީމު ވާނީ އިހްލާސްތެރިކަމާ އެކީގައި...