ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ އަހުމަދު ހައިލަމް ތާއީދު ކުރައްވަނީ ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކަމަށް ވިދާޅުވެއްޖެއެވެ.
އޭނާ މީސްމީޑިއާގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލެވޭނީ މުއިއްޒު އަށް ކަމަށެވެ. އަދި ގައުމުގައި ހަމަޖެހުމާއި އަމާންކަން ގާއިމުކޮށް، މާތްވެގެންވާ އިސްލާމްދީނަށް މިގައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަކުރުންތައް ހުއްޓުވައިދޭނީ ވެސް މުއިއްޒު ކަމަށެވެ.
މީގެ އިތުރުން އަޅުގަނޑުމެންގެ ތެރޭގައި ދީނީ ވަޙުދަތު ގާއިމްކޮށް، އިގުތިސާދީގޮތުން މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ފުދުންތެރި ޖީލެއް ބިނާކޮށްދޭނީ ވެސް މުއިއްްޒު ކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.
ހައިލަމް އިތުރަށް ވިދާޅުވީ ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަންގެ ނުރައްކާތެރި ވަބާއިން މި ރާއްޖެ ސަލާމަތްކުރެވޭނީ، ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންހުންނެވި، ބަހާއި ޢަމަލު ދިމާވާފަދަ އިޚްލާޞްތެރި ބޭފުޅަކު މި ރާއްޖޭގެ ރައީސްކަމަށް ޢައްޔަންކުރެވިގެންކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުމަކީ ވެސް މުއިއްޒު އަށް ތާއީދު ކުރި ސަބަބެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!