ކޮންމެ އަތޮޅެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަދައިދޭނަން: މުޢިއްޒު
ކޮންމެ އަތޮޅެއްގައި މައި އެއް ސްކޫލްގައި މާލޭއާ އެއް ފެންވަރަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި އިއްޔެ ބ. ކެންދޫގައި ބޭއްވި ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ޢާއިލާތަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޚާއްސަ ވަޒީފާތަކެއް ހަމަޖައްސައި ދެއްވި ކަމަށެވެ....