އުތުރު ތިލަފަޅުން ގޯތި ދޭން ނިންމީ، އެތަނާއި ގުޅޭ މައްސަލަތައް ފޮރުވަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއެޖެއެވެ.
''ތިލަދުން'' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އެންމެ ފަހު ވަގުތު އުތުރު ތިލަފަޅުން ގޯތި ދޭން ސަރުކާރުން ނިންމީ އެތަނުގެ އެގްރިމަންޓާއި، އެތަނުގައި އިންޑިޔާ ސިފައިން ތިބޭ މައްސަލައާއި ގުޅީގެން ދެކެވޭ ވާހަކަތައް ސިއްރުކޮށް މައްސަލަ ފޮރުވާލަން ކަމަށެވެ. އަދި އުތުރު ތިލަ ފަޅަކީ ދިވެހި ސިފައިންގެ ބާރު ނުހިގާ ތަނެއްކަމަށް ވިދާޅުވާ ވަހަކަ މުއިއްޒު ތަކުރާރު ކުރެއްވިއެވެ.
"އުތުރު ތިލަފަޅު، ފަހު ވަގުތު އެނަން އެ އައީ ހަމަ އުތުރު ތިލަފަޅުގެ މައްސަލައިގަ ދެކެވޭ ވާހަކަ ތައް، އެ އެގްރިމަންޓް ހާމަ ނުކުރުންރުމާއި، މި ހުރިހާ ވަހަކަތައް ފޮރުވާލުމަށް ޓަކައި، އަޅުގަނޑަށް ހީވަނީ ހަމަ ހަމަވިސްނޭ ހުރިހާ މީހުންނަށް ވިސްނޭނެހެން ވިނީ ކީއްކަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރު ސިފައިން ތިބިކަން އެއީ އެއްވެސް ވަރަކަށް އޮޅިފައި އޮތް މައްސަލައެއް ނޫންކަމަށާއި، ސީދާ ރައީސުލްޖުމްހޫރިއްޔާ ވެސް އެކަމަށް އެއެއްބަސްވެވަޑައި ގަންނަވާ ކަމަށެވެ. އެގޮތުން ރިޔާސީ ބަހުސްގައި އެ މައްސަލައިގެ ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް ނޫނެކޭ ވިދާޅުނުވަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ ލެއްވީ ބަހުސްގައި، ރައްޖޭގައި ބޭރު ސިފައިން ތިބީކީ ހަތިޔާރު ހިފައިގެންނެއް ނޫނޭ، މިލިޑަރީ ބޭނުމުގައި ތިބި ސިފައިނެއް ނެތޭ، ސާފުކޮށް ވިދާޅުވެ ލެއްވޭނެދޯ ސިފައިން ނެތިއްޔާމު ރާއްޖޭގައި ބޭރު ސިފައިން ނެތޭ" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ލިބޭ ކޮންމެކަމާއި އުފާކުރައްވާ ކަމަށާއި، އަދި އޭނާގެ ވެރިކަމެއްގައި ގެ ދޮރުވެރިކަމަށް ހުށަހަޅާފައިވާ ހުރިހާ ކަމެއްވެސް ހަގީގަތަކަށް ހައްދަވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!