ދިވެހި ރާއްޖޭގެ މިނިވަންކަން އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، މާލެ އަތޮޅު އުތުރު ތިލަފަޅުގައި ދިވެހިން ސިފައިންގެ ބާރެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ޑރ މުހަމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ ގިރާވަރު ކޮމިއުނިޓީ ރައްޔިތުންނާއެކު މިރޭ އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއްއިޒު ވިދާޅުވީ މާލެ އަތޮޅު އުތުރު ތިލަފަޅުފައި ދިވެހި ސިފައިންގެ ބާރެތް ނެތްކަމަށާއި، އެތަނަށް ދިވެހި ސިފައިން ވެސް ދާންޖެހެނީ ހުއްދަ ނަގައިގެން ކަމަށެވެ.

Ad
rt

"ކިތަންމެ ވަރަކަށް އަޅުގަނޑުމެންގެ ފަހުރުވެރި މުވައްސަސާގެ ބޭފުޅުން އެކިކަހަލަ ވާހަކަ ވިދާޅުވިޔަސް، ހަގީގަތަކީ ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން މިހާރަކު، ސިފައިންނަށް އެތަނަށް މި ދެވެނީ ހުއްދަ ހޯދައިގެން". މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގައި މި ސަރުކާރުގެ ހަރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން، ރައްޖޭގެ މިނިވަންކަން ދިފާއުކޮށް ކޮށްދެއްވާ ކަމަށް ވިދާޅުވިއެވެ. އަދި އާމްދަނީ އިތުރުކޮށްދީ، އުމްރާނީ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަސައްކަތްތައް އަންނާނީ އެއަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެކެއް އޮކްޓޯބަރުގައި އަލި ވިލޭނީ މިނިވަން ޖައްވަކަށް، ދިވެހިންގެ ރާއްޖެއަކަށް ދިއުމަށް ފެށޭ ފުރަތަމަ ދުވަސް" މުއިއްޒު ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ މެއި މަސް ތެރޭގައެވެ. އެއީ 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ގެ ޕްރޮޖެކްޓެކެވެ.