ޔޫއެސް ޑޮަލަރު ނެގޭ އޭޓީއެމް މާލެ ފިޔަވައި އިތުރު ރަށްތަކަށް ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

'ތިލަދުން' އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުޅުދުއްފުށި ސިޓީގައިި ވާހަކަ ދައްކަވަމުން، ޑޮލަރު ނެގޭ އޭޓީއެމް އެއް ކޮންމެ ސިޓީއެއްގައި ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން މިއީ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމުންނަށް ވެސް މުހިންމު ކަމެއް ކަމަށާއި ހާއްސަކޮށް އާބާދީ ގިނަ ތަންތަނުގައާއި ސިޓީތަކުގައި ޑޮލަރު އޭޓީއެމް ހުންނަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އާދަޔާ ހިލާފަށް ލޯކަލް ޓޫރިޒަމް ފުޅާވެފަ ހުރި ރަށްތަކަށް މިއީ ނުހަނު ބޭނުންތެރި ހިދުމަތެއް ކަމުގައި ވިދާޅުވިއެވެ.

ފުރަތަަމަ ބުރުގެ ކެމްޕެއިންގައި ވެރިކަން ލިބިއްޖެނަމަ، މާފުށީގައި ޑޮަލަރު އޭޓީއެމް އެއް ބަހައްޓައިދޭނެކަމަށް ވިދާޅުވިކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެވަރަށް ލޯކަލް ޓޫރިޒަމް ފުޅާވެފަ ހުރި ރަށްތަކުގައު އޭޓީއެމް ބަހައްޓަވާނެ ކަމަށެވެ. އޭރުން ވިޔަފާރިވެރިންނަށް ފަސޭހަވެެގެންދާނެކަން ފާހަގަ ކުރައްވާ އިތުރަށް ވިދާޅުވީ އެއީ ވަަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ.