''އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް''
އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އާދީއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލެއް ގޮތުގައި އިއްޔެ ކ. ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެރަށުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ގެދޮރުވެރިކަމަކީ މާލެ އާއި މާލެ އަތޮޅު ހިމެނޭ...