އިސްލާމީ އޮނިގަނޑަށް ފެތޭ ދިވެހިވަންތަ ޕްރޮގްރާމްތައް އުފެއްދުން ބްރޯޑްކާސްޓަރުންގެ ޢަޒުމަކަށް ހަދަންޖެހޭ: ރައީސް
ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންޖެހޭނީ އިސްލާމީ އޮނިގަނޑަށް ފެތޭ ދިވެހިވަންތަ ޕްރޮގްރާމްތައް އުފެއްދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޤައުމީ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި، ބްރޯޑްކާސްޓިންގ ދާއިރާގެ އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ އަރިސްކުރައްވަމުން، މި ދާއިރާއަކީ ޚަބަރާއި މަޢުލޫމާތު އަދި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއ...