ދިފާޢީ ބާރުގެ އެއަރ ސްޓޭޝަން ޤާއިމުކޮށް ޚިދުމަތް ފެށުމަށް ރައީސް އަންގަވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން، ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ ޚިދުމަތްތައް ފެށުމަށް މިއަދު އަންގަވައިފިއެވެ. މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ދިފާޢުކޮށް، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ. ރައީސް މި ޤަރާރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ސިފައިންގެ ޤާނޫނުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިޚުތިޔާރުގެ...