ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" މިއަދު އިފްތިތާޙުކޮށް، އައު ޚިދުމަތްތަކެއް މިއަދު ރަސްމީކޮށް ފަށަފިއެވެ.

މި ކެމްޕޭނާއި ޖިޓަލް ވޮލެޓްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

ބާސެލޮސް ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ހަފުލާގައި ވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ބިޔަ މަޝްރޫޢުގެ ނިމުން ވެސް ފާހަގަކޮށްފައެވެ.

މި ހަފުލާގައި ރައީސް ވަނީ "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" ކެމްޕޭން ފައްޓަވައިދެއްވުމުގެ އިތުރުން ޤައުމީ ބޭންކުގެ އަލަށް ތަޢާރަފުކުރާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

މީގެ އިތުރުން ބޭންކުން އަލަށް ތައާރަފުކުރާ ވިސާ ޕްލެޓިނަމް އެމެރިކާ ޑޮލަރު ކާޑު މިހަފުލާގައި ރައީސް ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.

މި ހަފްލާގައި ބީ.އެމް.އެލް. އިން ވަނީ އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ.)ގެ މައިގަނޑު ހިއްސާ ބޭންކުން ގަތުމަށްފަހު، އެކުންފުނި ރީބްރޭންޑް ވެސް ކޮށްފައެވެ.

މިހަފުލާގައި ބޭންކުގެ ޚިދުމަތްތައް ފުޅާކުރެވި މުޅިރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތާގުޅިގެން އެބޭންކަށް، "އައުޓްސްޓޭންޑިންގ އެޗީވްމަންޓް އޮފް ދަ އިޔަރ އިން ފައިނޭންޝިއަލް އިންކްލޫޝަން" އެވޯޑް ލިބިފައިވާތީ އެކަން ވަނީ ފާހަގަކުރައްވާފައެވެ.