15 އަހަރު ވުމުން ޔުނިވަރސިޓީއަކަށް ބަދަލުވެވޭ ބިލު ތަޞްދީޤުކުރައްވައިފި
ރާއްޖޭގައި ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބުމަށް ހިނގާ މުއްދަތު ކުރުކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލު ފާސްކޮށްފައި ވަނީ 05 ނޮވެންބަރު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ […]