މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ރަސްމާލެއިން 15,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލަނީ
Raajje

ރަސްމާލެއިން 15,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލަނީ

މާލޭގެ ބޯހިޔާވަހިކަމުގެ ދިގުދެމިފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ރަސްމާލެއިން މިހާރު ހިއްކަމުންދާ ބިމުން 15,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރަސްމާލެއިން ހިއްކާ ބިމުގެ ފުރަތަމަ ބުރުގައި، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ...

''ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު މަޝްރޫޢު ''މޯލްޑިވްސް 2.0'' 2028 މެދަކާ ހިސާބުގައި ނިންމާލެވޭނެ''
Raajje

''ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު މަޝްރޫޢު ''މޯލްޑިވްސް 2.0'' 2028 މެދަކާ ހިސާބުގައި ނިންމާލެވޭނެ''

އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢަކީ ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަސައްކަތް ކަމަށާއި، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ހިންގާ މި މަޝްރޫޢު 2028 ވަނަ އަހަރުގެ މެދަކާ ހިސާބުގައި ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން...

މަތީ ދަރަޖައިގެ އިނާމު ބޮޑު ތިލަދުންމަތީގެ 7 ބޭފުޅުން ހިމެނޭހެން ޖުމްލަ 34 ބޭފުޅަކަށް
Raajje

މަތީ ދަރަޖައިގެ އިނާމު ބޮޑު ތިލަދުންމަތީގެ 7 ބޭފުޅުން ހިމެނޭހެން ޖުމްލަ 34 ބޭފުޅަކަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 34 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ. މި ބޭފުޅުންނަށް އިނާމު ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އިނާމު ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރައީ...

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު 97 ބޭފުޅަކަށް
Raajje

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު 97 ބޭފުޅަކަށް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން 97 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ. މި ޝަރަފުވެރި އިނާމުތައް އެ ބޭފުޅުންނަށް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާ...

ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މޫސާ އަންވަރަށް
Raajje

ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މޫސާ އަންވަރަށް

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ގ. ބަރޯސާ، މޫސާ އަންވަރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް އެރުވީ، ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މޫސާ އަންވަރަކީ 40 އަހަރަށްވުރެ ގިނަ ދުވަހު ޞިއްޙީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އައްޑުއަތޮޅު މީދޫއަށް އުފަންވެވަޑައިގަތް މޫސާ އަންވަރު ޞިއްޙީ ދާއިރާއަށް ވަދެވަޑައިގަތީ، އިނގިރޭސީން އައްޑުއަތޮޅު ގަމުގައި ތިބި ދު...

ނިޝާން މުލީގޭ ޝަރަފު މުޙައްމަދު ޞާލިޙަށް
Raajje

ނިޝާން މުލީގޭ ޝަރަފު މުޙައްމަދު ޞާލިޙަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ވިޔަފާރި އާއި އިޤްތިޞާދު ފުޅާކުރައްވައި، ކުރިއެރުވުމުގެ އެންމެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ، މ. ޝުއާޒް، މުޙައްމަދު ޞާލިޙަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) މިއަދު އަރުވައިފިއެވެ. މުޙައްމަދު ޞާލިޙަށް މި ޝަރަފު އަރުވާފައިވަނީ، މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މުޙައްމަދު ޞާލިޙަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ ވިޔަފާރިވެ...

''ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށް ދިނުމަށް ފެށި ދަތުރުގައި ކުރިއަށް ދާނީ އިޚްލާޞްތެރިކަމާއެކު''
Raajje

''ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށް ދިނުމަށް ފެށި ދަތުރުގައި ކުރިއަށް ދާނީ އިޚްލާޞްތެރިކަމާއެކު''

ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ޙާޞިލްކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ އިޚްލާޞްތެރިކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާ މެދުވެރިކޮށް ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. މި މެސެޖުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދ...

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ރައީސް ބައްލަވައިލައްވައިފި
Raajje

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ރައީސް ބައްލަވައިލައްވައިފި

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ. ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަސައްކަތް، ބޮސްކާލިސްގެ 22,000 ސީ.ބީ.އެމްގެ ޑްރެޖަރެއްގެ އެ...

ކަރެކްޝަންސްގެ ހެޑްކުއަރޓަރސް ހުޅުވައިފި
Raajje

ކަރެކްޝަންސްގެ ހެޑްކުއަރޓަރސް ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް.)ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި އިމާރާތް ހުޅުއްވައިދެއްވީ މިއަދު މެންދުރު ހުޅުމާލޭ ޖަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިއީ އެމް.ސީ.އެސް.ގެ އަމިއްލަ ބިމެއްގައި ޤާއިމުކުރެވުނު ފުރަތަމަ ހެޑްކުއަރޓަރސް އިމާރާތެވެ. ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ޤާއިމުކުރައްވާފައިވާ މި އައު އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް ޝަރަފުގެ ގާޑެއް...

ޗައިނާގެ ސީއެމްއީސީން ރާއްޖެ އަށް ފެން ހިންދާ ޕަމްޕް ހަދިޔާކޮށްފި
Raajje

ޗައިނާގެ ސީއެމްއީސީން ރާއްޖެ އަށް ފެން ހިންދާ ޕަމްޕް ހަދިޔާކޮށްފި

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް (ސީ.އެމް.އީ.ސީ) ގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕްތަކެއް މިއަދު ހަދިޔާކޮށްފިއެވެ. މި ތަކެތި ރަސްމީކޮށް ހަވާލުކުރުމަށް މިއަދު ހުޅުމާލޭ ސެންޓަރަލް ޕާރކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި ފެންޕަންޕްތައް ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާއެވެ. ދިވެހި ސަރުކާރުގެ ފަ...

ބޮޑުތިލަދުންމަތީގައި އިންވެސްޓް ކުރުމަށް ރާއްޖެއާއި ބޭރުގެ ވިޔަފާރިތަކަށް ރައީސްގެ ދައުވަތު
Thiladhunmathi News

ބޮޑުތިލަދުންމަތީގައި އިންވެސްޓް ކުރުމަށް ރާއްޖެއާއި ބޭރުގެ ވިޔަފާރިތަކަށް ރައީސްގެ ދައުވަތު

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކޮށް ހުޅުވިގެންދިޔުމަކީ ހުޅުވިގެންދާ “ރަނުގެ ފުރުސަތެއް” ކަމަށް ފާހަގަކުރައްވައި، އެ ފުރުސަތުގެ ބޭނުން އެންމެ ފުޅާމިނަށް ހިފައި އެ ސަރަހައްދުގައި އިންވެސްޓް ކުރުމަށް ރާއްޖެ އާއި ބޭރުގެ ވިޔަފާރިތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދައުވަތު ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ރޭ އެއަތޮޅު ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނ...

ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްޤީގެ ދޮރޯށި: ރައީސް
Raajje

ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްޤީގެ ދޮރޯށި: ރައީސް

ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި ބިންގަނޑެއްގެ މައްޗަށް ބިނާކުރެވުނު އިންފްރާސްޓްރަކްޗަރެއް ނޫން ކަމަށާއި، މިއީ ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ތަރައްޤީގެ ދޮރޯށި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިމޭރުމުން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ރޭ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ މަނިކުފާނު ހަނިމާދުއަށ...

މޯލްޑިވްސް 2.0 މަޝްރޫޢު: އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް އިފްތިތާޙުކޮށްފި
Raajje

މޯލްޑިވްސް 2.0 މަޝްރޫޢު: އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް އިފްތިތާޙުކޮށްފި

މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކޮށް، ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ބަރސެލޯ ނަސަންދުރައިގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެ...

''ހަނިމާދޫ ވައިގެބަނދަރަކީ ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ކޮންފިޑެންސެއް''
Thiladhunmathi News

''ހަނިމާދޫ ވައިގެބަނދަރަކީ ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ކޮންފިޑެންސެއް''

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރަކީ އުތުރުގައި ފަތުރުވެރިކަމަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ކޮންފިޑެންސެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރުމަކީ އެމަނިކުފާނުގެ ރިޔާސީވައުދުފުޅެއްކަން ފާހަގަކުރަށްވަމުން ރައީސް ވަނީ ކުރަށްވަމުން ގެ...

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހުޅުވައިފި
Raajje

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހުޅުވައިފި

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ހަނިމާދޫ އެއާޕޯޓް ސަރަހައްދުގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމަށްފަހު ހުޅުވައިދެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ އާއި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގަތެވެ. ހ...