މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ
Raajje

ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމަށް، ހީނާ ވަލީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ހީނާ މި މަޤާމަށް ޢައްޔަނުކޮށްފައި ވަނީ އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާގޮތަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމުގައި ހީނާ ޚިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ހީނާ މި މަޤާމަށް ހަމަޖެއްސުމާއެކު ހީނާ ވެގެން ގޮސްފައި ވަނީ...

ތުރާކުނުގެ އިހުތިސާސްތެރޭ ވަނގާރު ހިމަނައިފި
Thiladhunmathi News

ތުރާކުނުގެ އިހުތިސާސްތެރޭ ވަނގާރު ހިމަނައިފި

ތިލަދުންމަތީ އުތުރުބުރީ ތުރާކުނާއި ގާތްގަނޑަކަށް ދެ ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅުރަށެއްކަމަށްވާ ވަނގާރު، ތުރާކުނުގެ އިހްތިސާސްގެތެރޭ ހިމަނައިފިއެވެ. ބޮޑުމިނުގައި އެގާރަ ހެކްޓަރު ހުންނަ ވަނގާރު ތުރާކުނުގެ އިހްތިސާސްގެތެރޭ ހިމެނިކަން ހާމަކޮށް މިއަދު ރައީސް އޮފީހުން ނެރުނު ގަރާރެއްގައި ބުނީ ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ. ވަނގާރުގައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކ...

އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި
Raajje

އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި

ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގަންނަވާ މެމްބަރުން ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ރައްޔިތުން މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް އެ ބިލް ތަސްދީގުކުރެއްވުމާ އެކު އެ ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ ބިލަކީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ...

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރައްވައިފި
Raajje

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެމްބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޛު އިސްހާގު ހުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއު...

ޓެކުހުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދާނަން: ރައީސް
Raajje

ޓެކުހުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދާނަން: ރައީސް

ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ ޓެކްސްތަކުން ބައެއް ކައުންސިލްތަކަށް ޖަމާވާ ގޮތަށް ގާނޫނު އިސްލާހު ކުރެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ފ. ފީއަލީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މިހާތަނަށް ކުރެއްވި ދަތުރުފުޅުގައި 168 ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލު ކުރެއްވުނު އިރު، އެތަންތަން ބާރުވެރި ކުރުވަން ޖެހޭ ކަން އެ ބައްދަލ...

ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް ނިލަންދޫ ހަދައިދޭނަން: ރައީސް
Raajje

ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް ނިލަންދޫ ހަދައިދޭނަން: ރައީސް

ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް އެ އަތޮޅުގެ ވެރިރަށް ނިލަންދޫ ހައްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު ފ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ނިލަންދޫއަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާގޮތަކަށް ކަންކަން ކުރުމެވެ. އެގޮތުން މި ސަރުކާރ...

މާލެއާއި އެއްފެންވަރަށް އައްޑޫ ތަރައްޤީކޮށްދޭނަން: ރައީސް
Raajje

މާލެއާއި އެއްފެންވަރަށް އައްޑޫ ތަރައްޤީކޮށްދޭނަން: ރައީސް

އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތަރައްޤީގެ އުންމީދުގައި ދެބަ ދޭތެރޭ ތިބޭ ބަޔަކަށް ވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި، މާލެއާއި އެއްފެންވަރަށް އެ ސިޓީ ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިމަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރު ހިންގާ އިއްތިހާދަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ރޭގެ ވާހަކަފުޅުގ...

ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވައިފި
Raajje

ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޢީދުގެ ސަލާން ކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން ޢީދުގެ ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:30 އިން 10:30 އަށް މުލީއާގޭގައެވެ. ޢީދު ސަލާން ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީ...

ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް: ރައީސް
Raajje

ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް: ރައީސް

މި ސަރުކާރުން ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލޭގެ ހިޔާ ސަރަހައްދުގެ ހިޔާ ސަރަހައްދުގައި ކުރިއަށް ދިޔަ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަކީ ރައްޔިތުންނަށް ފައިދާ ކުރާނެ އެޖެންޑާއެއް ކަމަށް ވިދާޅުވެފަވެއެވެ. އަދި އިޤްތިޞާދު މެނޭޖް ކުރެއްވުމުގައި އިސްކަން ދެއްވާނީ ރައްޔިތުންނަށް ހެވާއި ލާބަޔަށް ވިދާޅުވިއެވެ. ކުރީ ސަރުކާރުން އެކަނިވެ...

މި ދައުރުގައި ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑު ކުރާނަން: ރައީސް
Raajje

މި ދައުރުގައި ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑު ކުރާނަން: ރައީސް

ރާއްޖޭގެ އިގްތިސާދުގައި ބުންވަރު ޖެހޭ މިންވަރަކުން މި ފަސް އަހަރުގެ ތެރޭގައި ހުރިހާ ދާއިރާއެއްގެ ވެސް މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ފުވައްމުލައް ސިޓީ، ނިއުވެލީ، އަލީ ޝަފީއު ކުރި ސުވާލުގައި ވަނީ ފުލުހުންގެ މުސާރަ ބޮޑުކޮށްފައި އެހެނިހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކުރާނީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ. ރައީސްގެ ޖަވާބު30 މާރިޗް 2024 ރައީސްގެ ޖަވާބު ފަށްޓަވަމުން ރޯދައިގެ ފަހު 10 ގެ ސަރުކާރު ބަންދުކު...

ރަމަޟާން މަހުގެ ފަހު 10 ގައި އަޅުކަމުގައި ގިނައިން އުޅެން ރައީސް އެދިވަޑައިގެންފި
Raajje

ރަމަޟާން މަހުގެ ފަހު 10 ގައި އަޅުކަމުގައި ގިނައިން އުޅެން ރައީސް އެދިވަޑައިގެންފި

މި ރަމަޟާން މަހުގެ ފަހު 10 ގައި އަޅުކަމުގައި ގިނަ އިން އުޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ފުވައްމުލައް ސިޓީ، ނިއުވެލީ، އަލީ ޝަފީއު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރޯދަ މަހުގެ ފަހު 10 މިއަދު ފެށުމާ ގުޅިގެން ދިވެހި ހުރިހާ ރައްޔިތުންނަށް އެކަމުގެ ހެޔޮ ދުއާ ދަންނަވާ ކަމަށެވެ. ރަމަޟާން މަހުގެ ބަރަކާތާއި ސަވާބު ހޯދުމަށްޓަކައި ކުރާ […]

ރޯދައިގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި
Raajje

ރޯދައިގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި

މި ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދުކޮށްފައިވާ އިރު، އެ ދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔާތެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވައި އިއްޔެ ނެރުއްވި ސާކިއުލާގައި ބުނީ ރޯދަމަހުގެ ފަހު 10 ގެ އިނާޔަތް ދޭނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތަށް ނުކުންނަ މުވައ...

އިންޑިއާގެ މަދަނީ މީހުން 2 އަހަރު، އަނެއް ބަޔަކު 1 އަހަރު ރާއްޖޭގައި ތިބޭނެ: ރައީސް
Raajje

އިންޑިއާގެ މަދަނީ މީހުން 2 އަހަރު، އަނެއް ބަޔަކު 1 އަހަރު ރާއްޖޭގައި ތިބޭނެ: ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އިންޑިއާގެ މަދަނީ މީހުން ތިބޭނީ އެންމެ ގިނަވެގެން ދެ އަހަރު ދުވަހު ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެއް އަހަރު ދުވަސް ފަހުން ރާއްޖެ އިން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސްގެ ރިޔާސީ ވައުދަކަށްވާ އިރުގައި އެ ވައުދު ފުއްދެވުމުގެ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ. […]

''ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން''
Raajje

''ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން''

ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް މި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނުގެންގުޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު މިގޮތަށް ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ މިއަދުގެ ސެގްމަންޓުގައެވެ. މާލެ ސިޓީ، މއ.ނައިޓްލައިޓް، މުޙައްމަދު އިޙްސާން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނެތޯ ރައީސް އަރިހު ވަނީ ސު...

ރީހެބަށް ނުގޮސް މެތަޑޯން ފަރުވާ ކުރިއަށް ގެންދެވޭ ގޮތް ހަމަޖައްސާނަން: ރައީސް
Raajje

ރީހެބަށް ނުގޮސް މެތަޑޯން ފަރުވާ ކުރިއަށް ގެންދެވޭ ގޮތް ހަމަޖައްސާނަން: ރައީސް

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތް ކުރަން ދޭ “މެތަޑޯން މެއިންޓެނެންސް ތެރަޕީ” ރިހަބަށް ނުގޮސް ދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރި ސުވާލުގައި އެދުނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރުވާގައި ތިބޭ އިރު ވެސް، ކުރީގެ މައްސަލައެއްގައި ޑްރަގް ކޯޓުން ހުކުމް ކޮށްފި ނަމަ […]