ތުރާކުނުގެ އިހުތިސާސްތެރޭ ވަނގާރު ހިމަނައިފި

IMG_5412

ތިލަދުންމަތީ އުތުރުބުރީ ތުރާކުނާއި ގާތްގަނޑަކަށް ދެ ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅުރަށެއްކަމަށްވާ ވަނގާރު، ތުރާކުނުގެ އިހްތިސާސްގެތެރޭ ހިމަނައިފިއެވެ.

ބޮޑުމިނުގައި އެގާރަ ހެކްޓަރު ހުންނަ ވަނގާރު ތުރާކުނުގެ އިހްތިސާސްގެތެރޭ ހިމެނިކަން ހާމަކޮށް މިއަދު ރައީސް އޮފީހުން ނެރުނު ގަރާރެއްގައި ބުނީ ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ.

ވަނގާރުގައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ތުރާކުނުގެ ރައްޔިތުންގެ އެދުމުގެ މަތީން ވަނގާރު ރިސޯޓް ތަރައްގީ ކުރުމަށް ދޫނުކޮށް ތުރާކުނުގެ އިހްތިސާސްގެތެރޭ ހިމެނުމަށް ނިންމާފައެވެ.

ވަނގާރު ތުރާކުނު އިހުތިސާސްގައި ހިމެނިއިރު އދ.މަހިބަދޫގެ ދެކުނުގައި އޮންނަ މާފަރުފަޅު ވަނީ މަހިބަދޫގެ އިހްތިސާސްގައި ހިމަނާފައެވެ. އަދި އއ.އުކުޅަހުގެ އިހްތިސާސްގެތެރޭ ގަލަގިލި ވަނީ ހިމަނާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި