ކުޅިވަރާބެހޭ ވުޒާރާގެ ނައިބު ވަޒީރު ޝިފާޒް ސަސްޕެންޑްކޮށްފި
ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒު ސަސްޕެންޑުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ޝިފާޒް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުމުން ކަމަށެވެ. ޝިފާޒް ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ހިނގާ ގޮތަށް ކަން “ތިލަދުން” އަށް އެނގިފައިވެއެވެ. އަދި އޭނާ ސަސްޕެންޑް ކުރީ އަހުލާގީ ބައެއް މައްސަލަތަކާ ގުޅިގެން ކަން ވެސް އެނގިފައިވެއެވެ. ޝިފާޒް، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ...