ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ހަތަރު މީހުންނަކީ
- ހުސާމް އިބްރާހީމް، (34އ)، ރަތްބަގީޗާގެ/ހދ.ކުމުންދޫ
- އާދަމް ޝަރީފް، (36އ)، ރަތްބަގީޗާގެ/ހދ.ކުމުންދޫ
- ހުސައިން ހައިކަލް ނިޔާޒް، (23އ)، ގ. ކަޅަގާރިމާގެ
- އަހްމަދު ރިޝްފާން، (26އ)، ހުޅުމާލެ ފްލެޓް
ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މީހަކު ހައްޔަރުކޮށްފި
މި މައްސަލާގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަމްބަރު 9022، ތޮލާލް މޫސާ އެވެ.
މި ފަސް މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ 7 ދުވަސް ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!