މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
އުތީމު ދަރިވަރުންނާއެކު ރައީސް ވަގުތުކޮޅެއް، ދަރިވަރުން ބޭނުންވާ އެއްކަމަކީ ކުޅޭނެ ޓާފް ދަނޑެއް
Thiladhunmathi News

އުތީމު ދަރިވަރުންނާއެކު ރައީސް ވަގުތުކޮޅެއް، ދަރިވަރުން ބޭނުންވާ އެއްކަމަކީ ކުޅޭނެ ޓާފް ދަނޑެއް

ޤައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން، އެ ރަށުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ ސްކޫލްގައި ކުޅޭނެ އެކަށީގެންވާ ޖާގައެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހިއްސާކޮށްފައެވެ. އެގޮތުން ޔުނީފޯމާއެކު ކުޅެން ނިކުންނަން ޖެހެނީ ބޭރަށް ހިރަފުހަށް ކަމަށް ބުނެ، އެކަން ޙައްލުކޮށްދެއްވައި ޓަރފް ދަނޑ...

ރައީސް އުތީމު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ބައްދަލުކުރައްވައިފި
Raajje

ރައީސް އުތީމު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިއަދު އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވި މިބައްދަލުވުން އޮތީ އުތީމު ކައުންސިލް އިދާރާގައެވެ. މިއަދު މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު...

އުތީމު ވަލުގެ ތެރޭގައި ތަރައްޤީކުރި "ވާހަކަ ވައު" ހުޅުވައިފި
Thiladhunmathi News

އުތީމު ވަލުގެ ތެރޭގައި ތަރައްޤީކުރި "ވާހަކަ ވައު" ހުޅުވައިފި

ހއ. އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ތާރީޚީ “ވާހަކަ ވައު” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިތަން ހުޅުއްވައިދެއްވީ ޤައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އުތީމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ރައީސް މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރ...

ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބޭ: ރައީސް
Raajje

ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބޭ: ރައީސް

ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ (މުހައްމަދު ތަކުރުފާނުގެ) ސީރަތުން ލިބޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ޤައުމީ ދުވަހުގެ ބަތަލު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައި މިއަދު ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، އުތީމު މަހާރަދުންގެ ސީރަތަކީ ދިވެހި ޤައުމު ހިންގުމުގެ ފަލްސަފާގެ ބިންގާ ކަމުގައި ސިފަކުރެއްވިއެވެ. ”އަޅުގަނޑު ގަބޫލުކުރާގޮތުގ...

ރައީސް ''ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި'' ހުޅުއްވައިދެއްވައިފި
Thiladhunmathi News

ރައީސް ''ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި'' ހުޅުއްވައިދެއްވައިފި

ޤައުމީ ދުވަހުގެ ބަތަލު އުތީމު މުޙައްމަދު ތަކުރުފާނުގެ ނަންފުޅަށް ނިސްބަތްކުރަށްވައި އެތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގައި ހަދާފައިވާ ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި މިއަދު ހުޅުވައިފިއެވެ. މި ދޮރާށި ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް ކުރަށްވާ މި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަ އައިޓަނެއްގެގޮތުގައި އޮތީ މި ދޮރާށި ހުޅުވުމެވެ. އުތީމު ބަނދަރު ސަރަހައްދުގައި އުތީމަށް ލެފުމާއެކު ރަށަށް އަރާމަގުގައި ހަދާފައިވާ މި ދޮރާއްޓަކީ އުތީމު...

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި
Raajje

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު ހއ. އުތީމަށް މިއަދު ވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު އާއި އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދުގެ އިތުރުން ދައުލަތުގެ ވެރިންނެވެ. ރައީސް އަށް މަރުޙަބާ ދެންނެވުމުގައި ނައިބު ރައީސް ހު...

''2027 އަކީ އެންމެ ގިނަ މަޝްރޫޢު ނިންމާލެވޭނެ އަހަރު، ބޮޑު މަޝްރޫއުއަކީ ތިލަފުށްޓަށް ޕޯޓް ބަދަލުކުރުން''
Raajje

''2027 އަކީ އެންމެ ގިނަ މަޝްރޫޢު ނިންމާލެވޭނެ އަހަރު، ބޮޑު މަޝްރޫއުއަކީ ތިލަފުށްޓަށް ޕޯޓް ބަދަލުކުރުން''

މިއަންނަ 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރުކަމަށާއި މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއުއަކީ މާލެއިން ތިލަފުށްޓަށް ޕޯޓް ބަދަލުކުރުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް”ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑުގައި ރައީސް ވަނީ، އެމަނިކުފާނުގެ ސަރުކާރުން ކުރިއަށްގެންދަވާ އެންމެ ބޮޑު މަޝްރޫޢަކަށް ވާނީ، މާލެއިން ތިލަފުށްޓަށް ޕޯޓް ބަދަލު...

އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނެގެހެއްޓުމަށް ރައީސް ގޮވައިލައްވައިފި
Raajje

އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނެގެހެއްޓުމަށް ރައީސް ގޮވައިލައްވައިފި

އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ. ޤައުމީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، އަޅުގަނޑުމެންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށެވެ. އެއީ ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ޕޯޗުގީޒުންގެ (ފުރެތިކާލުންގެ) އިސްތިޢުމާރީ ކ...

ސީދާ ރައީސް އާއި ވަކިން ބައްދަލުކުރެވޭ ރައްޔިތުންގެ އަޑުގެ ސިލްސިލާތައް ފައްޓަވައިފި
Raajje

ސީދާ ރައީސް އާއި ވަކިން ބައްދަލުކުރެވޭ ރައްޔިތުންގެ އަޑުގެ ސިލްސިލާތައް ފައްޓަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި “ރައްޔިތުންގެ އަޑު” ގެ ނަމުގައި ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތައް އެމަނިކުފާނު ފައްޓަވައިފިއެވެ. މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބައެއް ވާހަކަތައް ހިމެނިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ އަޑުގެ ފުރަތަމަ އެޕިސޯޑް ރޭ މީސް މީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރިވިސް މީޑިއާ މެދުވެރިކޮށް ދުރަށްދައްކާފައެވެ. މި ބައްދަލުވުންތަކުގައި ރައީސް ވަނީ އެ...

މިއަހަރުގެ ޤައުމީ އިނާމު ދެއްވާނީ އުތީމު ޖަލްސާގައި
Thiladhunmathi News

މިއަހަރުގެ ޤައުމީ އިނާމު ދެއްވާނީ އުތީމު ޖަލްސާގައި

މިއަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދޭނީ ހއ. އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައިކަމަށް ރައީސް އޮފީހުން ބުނެފިއެވެ. މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި މި އިނާމްތައް ދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ […]

ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއް: ރައީސް
Raajje

ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއް: ރައީސް

ޒުވާނުންގެ ޚިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ޤައުމީ ތަރައްޤީއަށް އަގުހުރި އުންސުރުތަކެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ. ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މެސެޖުގައި ރައީސް ވަނީ، ތަފާތު ޙާލަތްތަކުން އަންނަ ޒުވާނުންގެ މެދުގައި ހުރި އުންމީދުތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ އާބާދީގެ 45 އިންސައްތައަކީ ޒުވާނުންކަ...

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރިކަމަށް ރައީސް މުޢިއްޒުގެ ތަޢުރީފް
Raajje

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރިކަމަށް ރައީސް މުޢިއްޒުގެ ތަޢުރީފް

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ސަރަހައްދީ ޖަމިއްޔާސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިއޮތް މި ބައްދަލުކުރެއްވުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި ޚިމަތްތަކާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ސ...

ތަކެތީގެ އަގު ބޮޑުވެ، ޑޮލަރުގެ އަގު އުފުލުނީ އެމްޑީޕީން 8 ބިލިއަން ރުފިޔާ ޗާޕުކުރުމުން: ޝުޖާޢު
Thiladhunmathi News

ތަކެތީގެ އަގު ބޮޑުވެ، ޑޮލަރުގެ އަގު އުފުލުނީ އެމްޑީޕީން 8 ބިލިއަން ރުފިޔާ ޗާޕުކުރުމުން: ޝުޖާޢު

ދިވެހިރާއްޖޭގައި ތަކެތީގެ އަގު ބޮޑުވެ، ޑޮލަރުގެ އަގު އުފުލުނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝުޖާޢު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ މާލީ ހާލަތު އޮތީ ވަރަށ...

ޤައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތްކުރޭ، އެކަމާ ވިސްނަން ޖެހޭ: ރައީސް
Raajje

ޤައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތްކުރޭ، އެކަމާ ވިސްނަން ޖެހޭ: ރައީސް

ޤައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެފަދަ ކަންކަމާމެދު ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ މުހިންމީ ޤައުމު އިސްކުރުން ކަމަށާއި، ނަމަވެސް މިއަދުގެ ސިޔާސީ މަސްރަހުން އެ މަންޒަރު ފެންނަމުން ނުދާ ކަމަށެވެ. ބައެއް ފަރާތްތަކުން އަމިއްލަ މަސްލަ...

އުކުޅަހުގައި 50 ހައުސިން ޔުނިޓާއި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފަށައި، އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި
Raajje

އުކުޅަހުގައި 50 ހައުސިން ޔުނިޓާއި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފަށައި، އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި

އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓުގެ ބިންގާ އަޅައި، ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައި އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފިއެވެ. މި ދެ މަޝްރޫޢޫ ފަށައި އައުޓްޑޯ ވޮލީ ކޯޓު ހުޅުވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުން އުކުޅަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާއި ބެހޭ […]