މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ފެނަކައާއި އާރުޑީސީ އުވާލައި، ޚިދުމަތްތައް ސްޓެލްކޯއާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރަނީ
Raajje

ފެނަކައާއި އާރުޑީސީ އުވާލައި، ޚިދުމަތްތައް ސްޓެލްކޯއާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރަނީ

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، އެ ކުންފުނިތަކުން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯއާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފެނަކަ އުވާލުމަށްފަހު އެ ކުންފުނީގެ ދަށުން ދެމުންދިޔަ ޔޫޓ...

ޤައުމަށް ފައިދާހުރި ކަންކަމުގައި އެންމެން އެކައްޗެއް ކިޔަންޖެހޭ: ރައީސް
Raajje

ޤައުމަށް ފައިދާހުރި ކަންކަމުގައި އެންމެން އެކައްޗެއް ކިޔަންޖެހޭ: ރައީސް

އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭކަމަށާއި، ޢަމަލާއި ބަހުންވެސް އެކަން ދެއްކުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، “އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” އަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގައި ނެތެމުންދާ އިޙްތިރާމް އަދާކުރުމުގެ ރިވެތި އާދަކާދަ އަލުން އިޔާދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައ...

''ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަނީ ހަމައެކަނި ފްލެޓް އިމާރާތްކޮށްގެން ނޫން، ލުއި ލޯނާއި މާލީ އެހީތައް ވެސް ފޯރުކޮށްދޭ''
Raajje

''ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަނީ ހަމައެކަނި ފްލެޓް އިމާރާތްކޮށްގެން ނޫން، ލުއި ލޯނާއި މާލީ އެހީތައް ވެސް ފޯރުކޮށްދޭ''

ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމައެކަނި ޢިމާރާތްކުރެވޭ ފްލެޓްތަކުން ނޫން ކަމަށާއި، ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކާއެކު 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިފަދަ މޭރުމަކުން ވާހަކަފުޅުދެއްކެވީ މިއަދު މެންދުރު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް މި މޭރުމުން ވާހަކަފުޅުދެއްކެވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހ...

''60،000ރ. އަށްވުރެ ބޮޑު މުސާރަ ލިބޭ މީހުންނަށް އާސަންދައިން ފުލް ކަވަރޭޖެއް ނުލިބޭނެ''
Raajje

''60،000ރ. އަށްވުރެ ބޮޑު މުސާރަ ލިބޭ މީހުންނަށް އާސަންދައިން ފުލް ކަވަރޭޖެއް ނުލިބޭނެ''

މަހެއްގެ މައްޗަށް 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދަ ނިޒާމުގެ ދަށުން ފުލް ކަވަރޭޖް ނުލިބޭ ގޮތަށް، ލިބޭ އާމްދަނީއަށް ބަލައިގެން އާސަންދަ ކަވަރޭޖު ދެވޭ އުސޫލަށް އަންނަ މަހުން ފެށިގެން ބަދަލުކުރައްވާނެކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. ރައީސް މިކަން އިޢުލާންކުރެއްވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ،...

އަލިފާނުގެ ހާދިސާއާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް، ޔާމީން ދެއްކެވީ ދޮގު ވާހަކަ: ރައީސް
Raajje

އަލިފާނުގެ ހާދިސާއާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް، ޔާމީން ދެއްކެވީ ދޮގު ވާހަކަ: ރައީސް

ސަރުކާރުގެ ތިން ވުޒާރާއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެ މައްސަލައާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއ...

އިޤްތިޞާދީ ގުޅުން ބަދަހިކުރުމާ މެދު ރައީސް މުޢިއްޒާއި އައިޓީއެފްސީގެ ސީއީއޯ މަޝްވަރާކުރައްވައިފި
Raajje

އިޤްތިޞާދީ ގުޅުން ބަދަހިކުރުމާ މެދު ރައީސް މުޢިއްޒާއި އައިޓީއެފްސީގެ ސީއީއޯ މަޝްވަރާކުރައްވައިފި

އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)، އިންޖިނިއަރ އަދީބް ޔޫސުފް އަލް-އާމާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މުލީއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެފަރާތުގެ ދެމެދުގައި އޮތް އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އޭގެ އިތުރުން އުމްރާނީ ތަ...

ޑޮކްޓަރެއްގެ ކަންބޮޑުވުމަށް ރައީސްގެ ޖަވާބު: ސިއްހީ ދާއިރާއަށް 2،000 މުވައްޒަފުން ނަގާނެ
Raajje

ޑޮކްޓަރެއްގެ ކަންބޮޑުވުމަށް ރައީސްގެ ޖަވާބު: ސިއްހީ ދާއިރާއަށް 2،000 މުވައްޒަފުން ނަގާނެ

ރާއްޖޭގެ ސިއްހީ ދާއިރާއަށް މި އަހަރު އިތުރަށް 2،000 އެއްހާ މުވައްޒަފުން ނެގުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ “ރައްޔިތުންގެ އަޑު” ޕްރޮގްރާމުގައި، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ހިއްސާކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. “ރައްޔިތުންގެ އަޑު” ޕްރޮގްރާމުގައި ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރު ވަނީ އެ ހޮސްޕިޓަލުގައި ހުރި ދަތިތަކުގ...

ނޭޕާލުގެ ރިލީފް ފަންޑަށް ރާއްޖެއިން 1 މިލިއަން ރުފިޔާ ދޭން ރައީސް މުއިއްޒު ނިންމަވައިފި
International

ނޭޕާލުގެ ރިލީފް ފަންޑަށް ރާއްޖެއިން 1 މިލިއަން ރުފިޔާ ދޭން ރައީސް މުއިއްޒު ނިންމަވައިފި

ނޭޕާލުގެ ބޮޑުވަޒީރުގެ ޑިޒާސްޓާ ރިލީފް ފަންޑަށް އެއް މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި އެހީއަކީ 2026 އޯގަސްޓް 26 ގައި ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކާ ގުޅިގެން، އެ ގައުމުގައި މިހާރު ކުރިއަށްދާ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށާއި، ގެއްލުންތަކުން އިއާދަވުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ދިވެހިރާއްޖެއިން ފޯރުކޮށްދޭ އ...

ޙަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް މަޝްވަރާކޮށްފި
Raajje

ޙަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް މަޝްވަރާކޮށްފި

އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް، ޝައިޚް ޔޫސުފް ޙަސަން ޚަލާވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައި ވަނީ، ޤާބިލުކަން އިތުރުކުރުމާއި، ވުނަކުރުމާއި، މެހެމާންދާރީގެ ދާއިރާއިންނާއި ޙަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިޤްތިޞާދު ކުރިއެރުވ...

ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް: ރައީސް
Raajje

ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް: ރައީސް

ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ދިވެހި ރައްޔިތުންނަށާއި، ދިވެހި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. ”ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަ...

ދެ ކުދިން ނިޔާވުން: އިމާރާތްތަކާއި މަގުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ރައީސް އިލްތިމާސްކުރައްވައިފި
Raajje

ދެ ކުދިން ނިޔާވުން: އިމާރާތްތަކާއި މަގުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ރައީސް އިލްތިމާސްކުރައްވައިފި

މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައާއި އިމާރާތަކުން ވެއްޓި ދެ ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެން، މަގުމައްޗާއި އުސް އިމާރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތ...

ރާއްޖޭގެ ކަނޑުން ތެލާއި ގޭސް އަދި މަޢުދަންތައް ނެގުމުގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފި
Raajje

ރާއްޖޭގެ ކަނޑުން ތެލާއި ގޭސް އަދި މަޢުދަންތައް ނެގުމުގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، އެކަމާ ގުޅޭ ޤާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ 30 އޯގަސްޓް 2026 ވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައެވެ. މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަ...

އެއްގަމު ދަތުރުފަތުރުގެ ބިލު ތަޞްދީޤުކުރެއްވުން: ޢަމަލުކުރަން ފަށާނީ 30 ދުވަސް ތެރޭގައި
Politics

އެއްގަމު ދަތުރުފަތުރުގެ ބިލު ތަޞްދީޤުކުރެއްވުން: ޢަމަލުކުރަން ފަށާނީ 30 ދުވަސް ތެރޭގައި

އެއްގަމު ދަތުރުފަތުރުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސް މި ބިލު ތަޞްދީޤުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ބިލު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެން އައު ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. މި ބިލަކީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 […]

ރިސޯޓްތަކުން 40 ޕަސެންޓް ޑޮލަރު މާރުކުރަންޖެހޭ އިސްލާހްގެ ބިލު ތަސްދީގުކުރަށްވައިފި
Raajje

ރިސޯޓްތަކުން 40 ޕަސެންޓް ޑޮލަރު މާރުކުރަންޖެހޭ އިސްލާހްގެ ބިލު ތަސްދީގުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބިލު ތަޞްދީޤުކުރައްވާފައިވާއިރު، މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ 1 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ. މި ބިލަކީ 2026 އޯގަސްޓް 26 ވީ ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިޞްލާޙުގެ ދަށުން […]

މަސްވެރިކަން އަނދަވަޅުން ނަގައި، ހައްގު މިންވަރު ހޯދައިދެވޭނެ: ރައީސް
Politics

މަސްވެރިކަން އަނދަވަޅުން ނަގައި، ހައްގު މިންވަރު ހޯދައިދެވޭނެ: ރައީސް

މަސްވެރިކަމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކާއެކު، މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައިވާ އަނދަވަޅުން ނަގައި ކޮޅަށްޖަހައި، މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތައް ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ފަޅުތަކާއި ފ...