''މަސައްކަތްތެރީންނަށްޓަކައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއް''
މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، މަސައްކަތްތެރިކަން ކުރިއެރުވުމަށް ސަރުކާރުން ޢަދުލުވެރި ސިޔާސަތުތަކެއް ކަނޑައަޅައިގެން ކުރިއަށްދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، އުފެއްދުންތެރި އަދި ވަރުގަދަ އިޤްތިޞާދެއްގެ ވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް މުހިންމު ރުކުނެއް ކަމަށެވެ. ހުނަރުވެރި ޖީލެއް ބިނާކުރުމާއި...