މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް އޮފީސް

465 Stories filed
ފިޝަރީޒް މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރައްވައިފި
Raajje

ފިޝަރީޒް މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ. މޭގަ ޙަސަން ނާޝިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ޙަސަން ނާޝިދަކީ ހޮރިޒޯން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ސްކޫލުގެ ޕްރިންސިޕަލެއްގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ނާޝިދު ވަނީ ސްރީލަންކ...

ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރީން ރާއްޖެ އައުމުގެ ހުއްދަދޭން ނިންމައިފި
Raajje

ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރީން ރާއްޖެ އައުމުގެ ހުއްދަދޭން ނިންމައިފި

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއައުމުގެ ހުއްދަ ދޭގޮތަށް ނިންމައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދެކުނު އޭސިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމި ނިންމުން ތަންފީޒު ކުރަންފަށާނީ،...

ރައީސް ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލު ކުރަށްވަނީ
Raajje

ރައީސް ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލު ކުރަށްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ޞާލިޙް ނޫސްވެރިންނާ ބައްދަލުކުރަށްވާނީ މިއަދު ހަވީރު 16:00 ގައި ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ކޯވިޑްގެ ހާލަތާއި ގުޅިގެން ވަރަށް ފަހުންވެސް ދެފަހ...

މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވުން އިތުރަށް ފަސްކޮށްފި
Raajje

މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވުން އިތުރަށް ފަސްކޮށްފި

މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅީފަޅު)ގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، ކޯވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މާލެ ސަރަޙައްދުގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް...

ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފި
Raajje

ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަރުކާރުގެ ދެ ވުޒާރާއަކަށް ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފިއެވެ. މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހ. ސުނާރު ޚަދީޖާ ނަސީމެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިއަދު އައްޔަންކުރެއްވީ ގ. ކަނޑުވައިގެ އަޙްމަދު އަފްޟަލް އިބްރާހީމެވެ. އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސ...

ގެދޮރުވެރިޔާ ލޯނުގެ އެއް އަމާޒަކީ ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ފަސޭހަކޮށްދިނުން: މަބްރޫކް
Raajje

ގެދޮރުވެރިޔާ ލޯނުގެ އެއް އަމާޒަކީ ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ފަސޭހަކޮށްދިނުން: މަބްރޫކް

ގެދޮރުވެރިޔާ ލޯނުގެ އެއް އަމާޒަކީ، މާލެއަށް އެންމެން އެއްފަސް ނުކޮށް ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ފަސޭހަކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ. ސަރުކާރު މިހާރު ކުރިޔަށްގެންދާ ބައެއް މަސައްކަތްތަކާ ބެހޭ ފަހުގެ މަޢޫލޫމާތުތައް މިއަދު މީޑިޔާ ދެއްވަމުން މުޙައްމަދު މަބްރޫކް ވިދާޅުވީ، ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމަކީ މިހާތަނަށް ރާއްޖޭގެ ބޯހިޔާވަހިކަމަށް އަމާޒުކޮށް އިޢުލާނުކޮށްފައިވާ އެންމެ...

ސްޓޫޑެންޓް ލޯން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފި
Raajje

ސްޓޫޑެންޓް ލޯން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފި

ކޯވިޑް-19 އާ ގުޅިގެން އާއްމު ރައްޔިތުންނަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން، މިހާރު ކިޔަވާ ކުދިންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯންތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވާކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިދިޔަމަހު 26 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ސްޓޫޑެންޓް ލޯން އަދި ހައުސިން ލޯނަށް ލުއި ދިނުމާމެދު ސަރުކާރުގެ ވިސްނުން އޮ...

އެސްޖީން އައްޔަނުކުރާއިރު ކައުންސިލްގެ ލަފާ ނުހޯދާގޮތަށް ހުށަހެޅީ ސަރުކާރަކުންނޫން: މަބްރޫކް
Raajje

އެސްޖީން އައްޔަނުކުރާއިރު ކައުންސިލްގެ ލަފާ ނުހޯދާގޮތަށް ހުށަހެޅީ ސަރުކާރަކުންނޫން: މަބްރޫކް

ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމުގައި އެ ކައުންސިލެއްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހެއް ނޫންކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަނު ކުރުމުގައި ސަރުކާރުން ބޭނުންވާގޮތް އޮތީ މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ކަމަށެވެ. “ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކު...

ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާބެހޭ ޤަރާރު އިޞްލާޙްކުރައްވައިފި
Raajje

ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާބެހޭ ޤަރާރު އިޞްލާޙްކުރައްވައިފި

ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނު ގެ 7 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްލާހު ގެންނަވައިފިއެވެ. މި ގަރާރަށް ރައީސް އިސްލާހު ގެންނެވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ މަޑުޖެހުމަށް ރިޢާޔަތްކޮށް އަދި މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަ...

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުން ހުޅުވާލަނީ
Raajje

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުން ހުޅުވާލަނީ

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މި މޭ މަހުގެ 30 ވާ އާދިއްތަ ދުވަހު ހުޅުއްވައިލައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުން ވިދާލުވީ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ދިވެހި ސަރުކާރުން ތަޢާރުފު ކުރައްވާ އިނާމެއް ކަމަށާއި މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާ...

ރައީސް ޞާލިޙް، މާލެ ސިޓީގެ މޭޔަރާ ބައްދަލުކުރައްވައިފި
Raajje

ރައީސް ޞާލިޙް، މާލެ ސިޓީގެ މޭޔަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. އަދި މި ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވަނީ މާލެ ސިޓީގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް އެ އޮފީހުން ވިދާޅުވެއެވެ. އެގޮތުން މާލެ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތަކާއި، މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖ...

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އިތުރު ލޯނުތަކެއް ދޫކުރަނީ
Raajje

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އިތުރު ލޯނުތަކެއް ދޫކުރަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އިތުރު ލޯނުތަކެއް ދޫކުރަން ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރާއްޖޭގެ ކޯވިޑްގެ ހާލަތު މިދިޔަ އަހަރެއްހާ ދުވަހުއޮތް މިންވަރަށް މިމަހުއެކަނި ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރަށްވައި، މާދަމާ މާލެ ސަރަހައްދާއި، ކޯވިޑްގެ ހާލަތު ގޯސް ރައްތަކާއި ހިމެނޭހެން ރާއްޖޭގައި އަޅާ ހަރުކަށިފިޔަވަޅުގެ އަސަރު އެންމެ ބޮޑަށް ކުރާ...

އޮޑިޓާ ޖެނެރަލްގެ މަގާމަށް ‌‎‏‏ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

އޮޑިޓާ ޖެނެރަލްގެ މަގާމަށް ‌‎‏‏ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން‌‎ ‌‏މިއަދު ‌‏ހުޅުއްވާލައްވައިފިއެވެ. މިއަދުން ފެށިގެން އެ ފުޞަތު ހުޅުވާލުމުން ރައީސް އޮފީހުން ވިދާޅުވީ، އޮޑިޓާ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ ޖޫން މަހުގެ 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާއ...

މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވުން އިތުރަށް ފަސްކޮށްފި
Raajje

މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވުން އިތުރަށް ފަސްކޮށްފި

މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅީފަޅު)ގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، ކޯވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މި ހިނގާ މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރ...

މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޝަމާޢު ޝަރީފް
Raajje

މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޝަމާޢު ޝަރީފް

މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް މ. ސަނީކޯސްޓް ޝަމާޢު ޝަރީފް ޢައްޔަނުކުރައްވައިފި އެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޝަމާޢު ޝަރީފް ޢައްޔަން ކުރައްވާފައިވަނީ މިއަދު އެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި ޝަމާޢު ޝަރީފަކީ، ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ޑިޕްލޮމާއިން ސައިކޮލޮޖީއާއި، ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖްއިން އެޑްވާންސް ޑިޕްލޮމާ އިން ކައުންސިލިންގް ސައިކޮލޮޖީ ޙާޞިލްކުރައްވައިގެން ހުންނެވ...