ބެޗް 5ގެ ޗެމްޕިއަންކަން ޓީމް އޮރެންޖް އަށް، ނަރުދޫ ރަމްޒު ސްޕޯޓްސް ފިއެސްޓާ ނިންމާލައިފި
ށ.ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026″ގެ ބެޗް 5 ގެ ފުޓްސަލް ފައިނަލް މެޗްގައި ވާދަކޮށް، ޗެމްޕިއަންކަން ޓީމް އޮރެންޖް ހޯދައިފިއެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ޓީމް ގްރީނެވެ. ފޯރިގަދަ މި މެޗް ކާމިޔާބުކޮށް، ޓީމް އޮރެންޖުން މުބާރާތުގެ ތަށި އުފުލައިލީ، 7-3 ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ (ޓޮޕް ސްކޯރާ)ގެ މަޤާމު، ނާހިލް ޞަބާޙް ހޯދާފައިވާއިރު، ކިންގް އޮފް ދަ ޓޯނަމެންޓްގެ […]