ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026" މިއަދު ފަށައިފިއެވެ.

ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026 ފެށުން، ފޮޓޯ: ރަމްޒު އެކަޑަމީ

Ad
rt

ފުޓްސަލްއާއި ހޭންޑްބޯލްއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ފިއެސްޓާގެ ތިން މެޗެއް މިއަދު ކުޅެފައިވެއެވެ. އެއީ ފުޓްސަލްގެ ދެ މެޗާއި ހޭންޑްބޯލްގެ މެޗެކެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި ޓީމް އޮރެންޖާއި ޓީމް ގްރީން ބައްދަލު ކުރި އިރު، މޮޅު ކުޅުމަކަށްފަހު 1-2 ގެ ނަތީޖާއަކުން ކުރި ހޯދީ ޓީމް އޮރެންޖެވެ. މި ދެ ގޯލް އެ ޓީމަށް ކާމިޔާބު ކޮއްދިނީ އަޙްމަދު ސިމަކް ސިޔާމް އަދި ޙުސައިން ރީމާޒެވެ. ޓީމް ގްރީންގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮއްދީފައިވަނީ ނަޒާން ބިން ދާވޫދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކިންގް އޮފް ދަ މެޗް" ގެ މަޤާމް ހޯދީ ޓީމް އޮރެންޖްގެ އަޙްމަދު ސިމަކް ސިޔާމެވެ.

ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026 ފެށުން، ފޮޓޯ: ރަމްޒު އެކަޑަމީ

މުބާރާތުގެ ފުރަތަމަ ހޭންޑްބޯލް މެޗްގައި ޓީމް އޮރެންޖާއި ޓީމް ޕިންކް ބައްދަލު ކުރި އިރު ދެ ޓީމުން ކުރެ، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، މި މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން އޮފް ދަ މެޗް" ގެ މަޤާމް ހޯދީ ޓީމް އޮރެންޖްގެ ކައުސަރު ބިންތި ޢަލީރަމީޒެވެ.

މިއަދު ތިންވަނައަށް ކުޅެފައިވާ ފުޓްސަލް މެޗްގައި ބައްދަލު ކުރީ ޓީމް ޕިންކް އަދި ޓީމް ގްރީންއެވެ. މި މެޗްގައި 2-0 ގެ ނަތީޖާއިން ކުރި ހޯދީ ޓީމް ޕިންކެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކިންގް އޮފް ދަ މެޗް"އަށް ހޮވިފައިވަނީ ޓީމް ޕިންކަށް ދެ ލަނޑު ވެސް ކާމިޔާބު ކޮއްދީފައިވާ އަޙްޔާން ޝިހާމް ރަޝާދެވެ.

ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026 ފެށުން، ފޮޓޯ: ރަމްޒު އެކަޑަމީ

ރަމްޒު އެކަޑީން މަޢުލޫމާތު ދޭ ގޮތުގައި، މި މުބާރާތުގައި މާދަމާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޓީމް އޮރެންޖް އަދި ޓީމް ގްރީންގެ ފުޓްސަލް މެޗަކާއި، ޓީމް ޕިންކް އަދި ޓީމް ގްރީންގެ ހޭންޑްބޯލް މެޗެކެވެ.

މާދަމާގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:15ގައެވެ.