ށ.ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026"ގެ ބެޗް 5 ގެ ފުޓްސަލް ފައިނަލް މެޗްގައި ވާދަކޮށް، ޗެމްޕިއަންކަން ޓީމް އޮރެންޖް ހޯދައިފިއެވެ.

މުބާރާތުގެ ރަނަރަޕް ޓީމަކީ ޓީމް ގްރީނެވެ. ފޯރިގަދަ މި މެޗް ކާމިޔާބުކޮށް، ޓީމް އޮރެންޖުން މުބާރާތުގެ ތަށި އުފުލައިލީ، 7-3 ގެ ނަތީޖާއަކުންނެވެ.

Ad
d

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ (ޓޮޕް ސްކޯރާ)ގެ މަޤާމު، ނާހިލް ޞަބާޙް ހޯދާފައިވާއިރު، ކިންގް އޮފް ދަ ޓޯނަމެންޓްގެ މަޤާމު ހޯދާފައިވަނީ މުޙައްމަދު އިޔާޝް ބިން އަޙްމަދު ނިޔާޒެވެ.

'ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026'' ބެޗް 3 ގެ ކިންގް އޮފް ދަ ޓޯނަމެންޓް މުޙައްމަދު އިޔާޝް ބިން އަޙްމަދު ނިޔާޒި، ފޮޓޯ: ރަމްޒު ސްޕޯޓްސް އެކަޑަމީ

މީގެއިތުރުން ބެޗް 5ގެ އެންމެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނަކީ:

މުޙައްމަދު އިޔާޝް ބިން އަޙްމަދު ނިޔާޒް
ޙުސައިން މާހިލް އާމިރް
ނާހިލް ޞަބާހް
ހޫދް ބިން ސުނީލް
ޙުސައިން ޒިހާން

މުބާރާތުގެ ބެސްޓް ކޯޗުންނަށް ހޮވިފައިވަނީ ޗެމްޕިއަންޓީމް، ޓީމް އޮރެންޖަށް ކޯޗުކަން ކޮއްދެއްވި ޙުސައިން ނަޒްމީއާއި އިޝާން އާރިފެވެ.

''ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026'' ބެޗް 5 ގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ރަމްޒު ސްޕޯޓްސް އެކަޑަމީ

މި މެޗާއެކު، "ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026" ވަނީ ނިންމާލައިފައެވެ.

މި ފިއެސްޓާ ކުރިއަށް ގެންދިޔުމުގައި އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަރާތްތަކަށާއި ސްޕޮންސަރގެ ގޮތުގައި އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތައް ފާހަގަކޮށް، އެކަޑަމީގެ ފަރާތުން ޝުކުރު ދަންނަވާފައިވެއެވެ.

Ad
df