ށ.ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026"ގެ ބެޗް 4 ގެ ހޭންޑްބޯލް ފައިނަލް މެޗްގައި ވާދަކޮށް، ޗެމްޕިއަންކަން ޓީމު ގްރީން ހޯދައިފިއެވެ.

ޓީމު ގްރީންއިން އަވަސް، ހަލުވި ކުޅުމެއް ކުޅެ، މެޗް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 6-1 ގެ ނަތީޖާއިންނެވެ. މި މުބާރާތުގެ ރަނަރަޕް ޓީމަކީ، ޓީމް ޕިންކެވެ.

Ad
d

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ (ޓޮޕް ސްކޯރާ)ގެ މަޤާމް ހޯދާފައިވަނީ، މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި، މި މުބާރާތުގެ ކްއީން އޮފް ދަ ޓޯނަމެންޓްގެ މަޤާމުވެސް ކާމިޔާބު ކުރި އައިޝަތު އާލާ ޢަލީ ފަރުހާދެވެ.

ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026"ގެ ބެޗް 4 ގެ ހޭންޑްބޯލް މުބާރާތުގެ ކްއީން އޮފް ދަ ޓޯނަމެންޓް އައިޝަތު އާލާ ޢަލީ ފަރުހާދު، ފޮޓޯ: ރަމްޒް އެކަޑަމީ

މީގެއިތުރުން ބެޗް 4 ގެ އެންމެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނަކީ:

Ad
df
  • އައިޝަތު އާލާ ޢަލީ ފަރުޙާދު
  • ކައިލީ ބިންތު ޢަލީ ރަމްޒީ
  • ނުހާ ޠާހާ
  • އަރުޝީ މުޙައްމަދު ފާއިޒް
  • ނާޔާ ބިންތު ނަޒްމީ
ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 202ގެ ބެޗް 1 ގެ ހޭންޑްބޯލް މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ރަމްޒް އެކަޑަމީ

މި މުބާރާތުގެ ބެސްޓް ކޯޗަކަށް ހޮވިފައިވަނީ ޓީމް ގްރީންގެ ކޯޗު މާޝާ މާހިރެވެ.