މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހެލްތް ޕޮރޮޓެކްޝަން އެޖެންސީ

32 Stories filed
އެމްޕޮކްސް އާއި ގުޅިގެން ވާންޖެހޭ ތައްޔާރީތައް މި އަންނަނީ ވަމުން: އެޗްޕީއޭ
Raajje

އެމްޕޮކްސް އާއި ގުޅިގެން ވާންޖެހޭ ތައްޔާރީތައް މި އަންނަނީ ވަމުން: އެޗްޕީއޭ

މަންކީ ޕޮކްސް (އެމްޕޮކްސް) ނުވަތަ މަކުނުވިދުރި އާއި ގުޅިގެން ދުނިޔޭގައި މި ބަލިފެތުރުން މޮނީޓާކޮށް، ރާއްޖޭން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ. ދުނިޔޭގައ ފެތުރެމުންދާ އެމްޕޮކްސްއާއި ގުޅޭގޮތުން އެ އެޖެންސީ މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު އެ އެޖެންސީން އަންނަނީ ބަލީގެ ހާލަތު މޮނީޓާކޮށް ވާން ޖެހޭ ތައްުޔާރީތައް ވަމުން ކަމަށެވެ. މިގޮތުން ރާއްޖެއަށް މި ބަލި އައު،ުގެ ފުރުސަތު އޮތް […]

ހައްޖާޖީން ބަލައި އެއާޕޯޓަށް ދާއިރު ވީހާ ވެސް މަދުން މީހުން ދިޔުމަށް އެދިއްޖެ
Raajje

ހައްޖާޖީން ބަލައި އެއާޕޯޓަށް ދާއިރު ވީހާ ވެސް މަދުން މީހުން ދިޔުމަށް އެދިއްޖެ

ހައްޖުގެ މަތިވެރި އަޅުކަމަށްފަހު އަންނަ ހައްޖާޖީން ބަލައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދާއިރު ވީހާ ވެސް މަދުން މީހުން ދިޔުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ. މިގޮތުން އެޗްޕީއޭއިން ވަނީ ހައްޖާޖީން ބަލައި އެއާޕޯޓަށް ދާ މީހުން ސަމާލުކަން ދޭންވީ ބައެއް ކަންކަން ފާހަގަކޮށް، އެކަންކަމަށް ޢަމަލުކޮށްދިނުމަށް އެދި އިލްތިމާސްކޮށްފައެވެ. ހައްޖާޖީން ބަލައި އެއާޕޯޓަށް ދާ މީހުން ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި އެޗްޕީއޭއިން ފާހަގަކޮށްފައިވާ އެއްކަމަކީ، އެއާޕޯ...

ވިލިނގިލިން ފެނުނު ހޯއްގޮވާ ކެއްސުން ޖެހުނު މީހުންގެ އަދަދު ފަހަކަށް
Raajje

ވިލިނގިލިން ފެނުނު ހޯއްގޮވާ ކެއްސުން ޖެހުނު މީހުންގެ އަދަދު ފަހަކަށް

‏ގއ.ވިލިނގިލިން ހޯއްގޮވާ ކެއްސުން (ޕަޓޫސިސް) ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ވިލިނގިލިން މި އަހަރުގެ މިހާތަނަށް ފެނުނު ފަސް ވަނަ ކޭސްއެވެ. ހޯއްގޮވާ ކެއްސުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތ...

އަނެއްކާ ވެސް ރާއްޖެއިން މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ
Raajje

އަނެއްކާ ވެސް ރާއްޖެއިން މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

އަނެއްކާ ވެސް ރާއްޖެއިން މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ ކޭސް ފެނިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން މި ކޭސް އިތުރަށް އިންވެސްޓިގޭޓްކޮށް، އޭނާއާއި ކޮންޓެކްޓް ވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިހާރުކުރަމުން ގެންދާ ކަމަށާއި މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތ...

ހެލްތު މިނިސްޓްރީން އެމްއެންޔޫއަށް ޕީސީއާރު އާއި އެކްސްޓްރެކްޝަން މެޝިން ހަދިޔާކޮށްފި
Raajje

ހެލްތު މިނިސްޓްރީން އެމްއެންޔޫއަށް ޕީސީއާރު އާއި އެކްސްޓްރެކްޝަން މެޝިން ހަދިޔާކޮށްފި

ހެލްތު މިނިސްޓްރީން ގައުމީ ޔުނިވާސިޓީއަށް ޕީސީއާރު އަދި އެކްސްޓްރެކްޝަން މެޝިނެއް ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ހަވާލުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު އާދިލްއެވެ. އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާ ހަދިޔާ ކުރި ތަކެއްޗާއި ހަވާލުވެލެއްވީ، ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން، ޑރ. އައިޝަތު ސަނޫރާ އެވެ. ހެލްތް މިނިސްޓްރީން ބުނީ ޕީސީއާރު އަދި އެކްސްޓްރެކްޝަން މެޝިނެއް އެމްއެންޔޫ އަށް...

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި
Raajje

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން ބުނީ ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން ބޭރަށް ހިންގާނަމަ ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބޭރަށް ހިންގުމުގެ އަލާމާތް ނުފެންނަތާ 1 ދުވަސް ވަންދެން ކުދިން...

ލޮލު ރޯގާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި
Raajje

ލޮލު ރޯގާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ރާއްޖޭގައި މިދުވަސްވަރު ލޮލު ރޯގާ، ފެތުރޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފި އެވެ. އެޗްޕީއޭ އިން ވަނީ އެ ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ. ތަފާތު ވައްތަރުގެ ވައިރަސް އަދި ބެކްޓީރިއާ އިން ޖެހޭ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ލޯ ހިރުވުން ހިމެނެ އެވެ. އަދި ލޮލޮން ފެން އައުމާއި ލޯ ރަތްވެ، އަދި ލޮލުގައި […]

ރާއްޖެއިން، އެއިޑްސް ބަލި ޖެހުނު 39 މީހުންގެ ތެރެއިން 15 މީހަކު ވަނީ ނިޔާވެފައި: އެޗްޕީއޭ
Raajje

ރާއްޖެއިން، އެއިޑްސް ބަލި ޖެހުނު 39 މީހުންގެ ތެރެއިން 15 މީހަކު ވަނީ ނިޔާވެފައި: އެޗްޕީއޭ

ރާއްޖެއިން، އެއިޑްސް ބަލި ޖެހުނު، މީހުންގެ ތެރެއިން 15 މީހަކު ނިޔާވެފައި ކަމަށް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފި އެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅޭގޮތުން އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ 31 ޑިސެމްބަރު 2021 ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު 39 އަށް އަރާފައިވާ ކަމަށާއި އެއީ 6 އަންހެނުންނާއި 33 ފިރިހެނުން ކަމަށެވެ. މިބަލި، ރާއްޖޭގައި އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރު އެވެ. […]

ހޭންޑް ފޫޓް އެންޑް މައުތު ބަލި ފެތުރޭތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި
Raajje

ހޭންޑް ފޫޓް އެންޑް މައުތު ބަލި ފެތުރޭތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ހޭންޑް ފޫޓް އެންޑް މައުތު ބަލި ފެތުރޭތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފި އެވެ. އެ އިދާރާއިން ވިދާޅުވީ މި ބަލި ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަކަމަށާއި މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެއް ކަމަށެވެ. ހާއްސަކޮށް ކުޑަކުދިން އެއްވެ، އުޅޭ ތަންތަނުގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރައްވާ އެޗްޕީއޭ އިން ވަނީ މި ބަލިން ރައްކާތެރި ވުމަށް ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފަ އެވެ. […]

އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރާނަމަ ފިޔަވަޅުއަޅާނަން: އެޗްޕީއޭ
Raajje

އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރާނަމަ ފިޔަވަޅުއަޅާނަން: އެޗްޕީއޭ

އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާއިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ދުންފަތުގެ ބާވަތްތައް ރަމްޒު ކޮށްދޭ ނަންބޯޑުތަކާއި އިލެކްޓޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ އަދި އެހެނިހެން އޮންލައިން ޕްލެޓްފޯމްތަކުގައި ކުރަމުންދާ ދުންފަތުގެ އިޝްތިހާރުތައް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަމަށެވެ. މީގެ އިތުރުން އޮންލައިން ވަސީލަތްތައް ބޭނުންކޮށް...

ކޯވިޑް-19: މަސައްކަތް މޮނީޓާ ކުރުމަށް ކޮންމެ އަތޮޅަކަށް އިސްވެރިއެއް
Raajje

ކޯވިޑް-19: މަސައްކަތް މޮނީޓާ ކުރުމަށް ކޮންމެ އަތޮޅަކަށް އިސްވެރިއެއް

މިހާރު ފެތުރެެމުން އަންނަ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އަތޮޅު ތެރޭގެ ހާލަތު މޮނީޓާ ކުރުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް އައްޔަން ކުރުމަށް ނިންްމައިފިއެވެ. މިކަމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އަތޮޅުތެރޭގެ ރަށްރަށުގައި މި ބަލި ފެތުރުން އިންތިހާއަށް އިތުރުވުމާއި އެކު ހާލަތު މޮނީޓާކޮށް އިތުރަށް ހަރުދަނާކޮށް، ކޮންމެ އަތޮޅެއްގެ ކޯޑިނޭޝަން ވަރުގަދަ ކުރުމަށް ކޮންްމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް އައްޔަން ކުރުމަށް ސަރުކާރުން ނިންމާފައިވާކަ...

ކޯވިޑް-19: ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 10،000 އަށް
Raajje

ކޯވިޑް-19: ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 10،000 އަށް

ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1204 އަށް އަރައިފިއެވެ. އިއްޔެއެކޭ އެއްފަދައިން މިއަދު ވެސް 1200 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނި، ކުރިން ނަގާފައި ވާ ކޮވިޑް ސާމްޕަލްތަކުގެ ނަތީޖާ ލިބެމުން ދާތީއެވެ. އެހެންކަމުން މިއަދު ޕޮޒިޓިވް ކަމަށް ދެއްކި 1204 މީހުންނަކީ މިއަދު ސާމްޕަލް ނެގި މީހުންނެއް ނޫނެވެ. މި އަދަދަށް ބަލާލާއިރު، މި އަދަދުން 961 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން […]

ކޯވިޑް19: ރާއްޖެއިން ބަލި ޖެހުނު 52.01 % މީހުން ރަނގަޅުވެއްޖެ
Raajje

ކޯވިޑް19: ރާއްޖެއިން ބަލި ޖެހުނު 52.01 % މީހުން ރަނގަޅުވެއްޖެ

ރާއްޖެއން ކޯވިޑް-19 ޖެހުނު 52.01 ޕަސަންޓު މީހުން އެ ބަލިން ރަނގަޅުވެއްޖެއެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކުރި މައުލޫމާތުގައިވާ ގޮތުގައި ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 1010 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 26 މީހުންނެވެ. އެކަމަކު ބަލިން 85 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ރާއްޖެއިން މިހާތަނަށް 1942 […]

އެޗްއައިވީ ޖެހޭ ގޮތާމެދު ކަންބޮޑުވާން ޖެހޭ- އެޗްޕީއޭ
Raajje

އެޗްއައިވީ ޖެހޭ ގޮތާމެދު ކަންބޮޑުވާން ޖެހޭ- އެޗްޕީއޭ

މިއަހަރު އެޗްއައިވީގެ އަދަދު އިތުރުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށާއި ނަމަވެސް އިތުރުވާ އަދަދަށް ވުރެ ކަންބޮޑުވާން ޖެހެނީ އެބަލި ޖެހޭ ގޮތާއި މެދު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު އޮފިސަރ ޢަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ. ރާއްޖެޓިވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ ކުރީގަ އެޗްއައިވީ އަކީ އާއްމުކޮށް ރާއްޖެއިން ބޭރުން މީހުން ހިފައިން އަންނަ ބައްޔެއް ކަމުން އެދުވަސްވަރު ސަމާލުކަމެއް ދިނީ ބޭރުން އަންނަ މީހުންނާއި އޭރު ބޭރުގައި […]

1 ޑިސެމްބަރުން ފެށިގެން އިންޒާރުގެ ފޮޓޯ ނުޖަހާ ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ
Raajje

1 ޑިސެމްބަރުން ފެށިގެން އިންޒާރުގެ ފޮޓޯ ނުޖަހާ ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ

1 ޑިސެމްބަރުން ފެށިގެން ސިއްހަތުގެ އިންޒާރު ޖެހި ފޮޓޯ ހިމެނިފައި ނުވާ ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ހިމެނިފައި ނުވާ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ވިއްކުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ. މި އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން […]